ތިމާގެ އަމިއްލަ ނަފްސާއިމެދު މިކަންކަމަށް ވިސްނައިލާ މީހަކު އެންމެ ގާތް އެކުވެރިން ފަޟީޙަތްކުރަމަކުން ނުދުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިމާގެ އަމިއްލަ ނަފްސާއިމެދު މިކަންކަމަށް ވިސްނައިލާ މީހަކު އެންމެ ގާތް އެކުވެރިން ފަޟީޙަތްކުރަމަކުން ނުދުވާނެ!

އަހުރެން ވަރަށް އަސަރާއިއެކު ބުނަމެވެ. ހަމައެކަކުވެސް ފަޟީޙަތްނުކުރާށެވެ. ތިމާއަށް ހެޔޮއެދޭ، އެހީތެރިވާ ގާތް މީހުންނާއިމެދު ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ނަމަވެސް ގިނަބައެއްގެ ވިސްނުން މިއަދު މިއޮތީ ބަދަލުވެފައެވެ. ޢަމަލުކުރެެވނީ އިބިލީހުގެ ބަހަށެވެ.

ވިސްނައިލާށެވެ! މީހަކު ފާފަކުރާކަން މިއެނގެނީ ބޭޒާރުވެ ފަޟީޙަތްވުމުންނެވެ. އަހަރެމެން ކޮންމެ މީހަކީވެސް ފާފަ ކުރެވޭ މީހެކެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން ފަޟީޙަތް ނުކުރައްވަވަނީއެވެ. ވީމާ ތިމާ ފަޟީޙަތް ނުކުރައްވަވައި ހުރުމަކީ ތިމާއަކީ ފާފަ ނުކުރާ މީހަކުކަން އަންގައިދޭ ސަބަބެއް ނޫނެވެ.

ކޮންމެ މީހަކީވެސް ކޮންމެ ވަގުތަކުވެސް ފަޟީޙަތްވެދާނެ ޙާލުގައި ހުރި މީހެކެވެ. އެޙާލަތުން އިސްތިސްނާވެ ހުރެވޭނީ ވަރަށް މަދު މީހަކަށެވެ. ހާހަކުން މީހަކަށެވެ. ވީމާ މީހަކު ތައުބާވެއްޖެނަމަ އޭނާ މާޔޫސްވާނެ ބަސްތައް ނުބުނާށެވެ! އޭނާއަށް ތެދުމަގު ދެއްކެވިކަމަށްޓަކައި ﷲ ތަޢާލާއަށް ޙަމްދުކޮށް ހެޔޮދުޢާކުރާށެވެ!

ގިނަ މީހުންނަކީ ދުނިޔޭގައި އުފަލުގައި އުޅެވޭއިރު ﷲ ތަޢާލާގެމަތިން ހަނދާންކުރާ ބައެއް ނޫނެވެ. ހަނދާންކުރާނަމަ ކޮންމެ ނަމާދަކަށްވެސް މިސްކިތްތައް މަގުތަކާއިއެކު ފުރިބާރުވާނެއެވެ. މުސްލިމް ކޮންމެ ޤައުމެއްގައިވެސް ހުރި މިސްކިތްތަކުގެ ޖާގައަށް ބެލުމުން ނަމާދުކުރަންޖެހޭ ނިޞްބަތުން ވަރަށް ކުޑަކަން އެނގޭނެއެވެ.

ބައެއް މީހުންނަށް ﷲ ތަޢާލާގެމަތިން ހަނދުމަވަނީ ކޮންމެވެސް ކަމަކަށް ބޭނުންވުމުން ނުވަތަ ދަތި އުނދަގޫކަމެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވުމުންނެވެ. އެޙާލަތުގައި އޭނާ ތައުބާވެ ހެޔޮ ޢަމަލުކުރަން ފެށުމުން އޭނާގެ މާޒީ ހަނދާންކޮށްދީ ނަފްރަތުގެ ބަސްބުނެ މަލާމާތް ނުކުރާށެވެ! އޭނާއަށް ހިތްވަރުދޭށެވެ!

ސަބަބަކީ ގިނައީ މިބުނި ފަދަ ކަންކަން ކުރިމަތިވުމުންވެސް ތައުބާ ނުވެވޭ މީހުންކަމުގައިވާތީއެވެ. އޭނާއަށް ތައުބާ އެވެވެނީ އެނާއަށް ﷲ ތައާލާގެ ރުހިވޮޑިގަތުން އޮތުމުންނެވެ. ނޫންނަމަ އޭނާވެސް ވެގެން ދިއައީހީ ތައުބާ ނުވެވޭ ޖާހިލުންގެ ތެރެއިންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން