ތިބާކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާ ބަރަކާތް ލައްވަވާނެ މަގު- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތިބާކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާ ބަރަކާތް ލައްވަވާނެ މަގު- އިން ޝާ ﷲ

ބައެއް މީޙުންނަށް ވިސްނިފައި އޮންނަނީ ހެޔޮ ޢަމަލުކުރުމަކީ ވަރަށް ބުރަކަމެއް ކަމަށެވެ. ޙަޤީޤަތުގައި އެއީ ކުރަން އެންމެ ފަސޭހަ ކަންތަކެވެ. ސަބަބަކީ ﷲ ތަޢާލާގެ މަތިން ޙަމްދުކުރުމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމަކަށްވާތީއެވެ. އެއިގެ އިތުރުން މިބަލައިލަނީ ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ މީހަކަށް ކުރާނެ ބޮޑެތި ފައިދާ ތަކަށެވެ!

ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިންވެސް އަދި ކޮންމެ ފަދަ ޙާލަތެއް މެދުވެރިވިނަމަވެސް ފުރަތަމަކަމަކަށް ކުރަންޖެހޭނެ ކަމަކީ ﷲ ތަޢާލާގެމަތިން ހަނދުމަކުރުމެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅު ކުރައްވަވާނެތެވެ!

އެހެންކަމުން ﷲ ތަޢާލާގެމަތިން ހަނދުމަކުރުން ވެގެންދާނީ އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާ، ކުރަން މަސައްކަތްކުރާ ކަންކަމުގައި ބަރަކާތް ލައްވަވާ އަދި ކުރިމަތިވާ ކަންކަމުން ސަލާމަތްކުރައްވަވާ ކަމަކަށެވެ.

ބިސްމިﷲ، މާޝާ ﷲ، އަލްޙަމްދުލިﷲ ފަދަ ބަސްތައް ބުނުން ގިނަކުރަންވީ އެ ސަބަބަށްޓަކައެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކޮށް އެކަލާނގެ އެންގެވި ގޮތަށް ޢަމަލުކުރާ މީހުންނާއި ޝައިޠޯނާއަށް ކައިރިއެއް ނުވެވޭނެއެވެ. ގަދަފަދަ ވަސްވާސްތަކެއް ނުދެވޭނެއެވެ. ދެވޭނީ ވަރަށް ބަލިކަށި ވަސްވާސްތަކެކެވެ.

ނަތީޖާއަކަށްވެގެންދާނީ އީމާންކަމުގައި ޘާބިތުވެ ހުރެވުމެވެތަޤްވާވެރިކަން އިތުރުވުމެވެ. ދުނިޔެއާއި ޢާޚިރަތުގެ ބާޖަވެރިކަން ލިބުމެވެ. އިން ޝާ ﷲ ޛިކުރު ކުރުން އަބަދުވެސް ދޫ ތެންމައިގެން ހުރުމަކީ އެހައި މަތިވެރި ކަމެއްގައި ލައްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން