ނަމާދުގައި ކުރަންޖެހޭ ކޮންމެ ކަމަކަށްވެސްސަމާލުކަންދޭންވާނެއެވެ. ކުރާ ކޮންމެ ޙަރަކާތަކަށްވެސް އަދި ކިޔަންޖެހޭ ކޮންމެ އެއްޗެއްވެސް ކިޔަންޖެހޭނީ ވަރަށް ފަރުވާތެރިކަމާއިއެކުގައެވެ. އެހެންކަމާއިއެކުގައިވެސް ސަޖިދަ ފުރިހަމަ ކުރަން ވަރަށް ބޮޑަށް މަސައްކަތްކުރަންވާނެއެވެ. އެހެނީ ﷲ ތަޢާލާ އާއި ތިމާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތަކީ އެއީކަމުގައިވާތީ އެވެ.
ސަޖިދަކުރުމުގައި އެނެމް ގިނަބައަކަށް ސަމާލުކަން ކުޑަކުރެވި ކުރެވޭ އެއް ކުށަކީ އަތްތިލަ ބިންމަތީގައި ބޭއްވޭ ގޮތެވެ. އަތްތިލަ ބާއްވަން ވާނީ އަތްތިލައިގެ އިނގިލިތަކާއިއެކު ބަނޑުފުށް ބިންމަތީގައި ޖެހޭނެ ގޮތަށް އަދި އިނގިލިތައް ކައިރިކުރަންވާނެއެވެ. އެހެނީ އިނގިލިތައް ޤިބްލައަށް ސީދާ ކުރެވޭނީ އިނގިލިތައް ކައިރިކޮށްގެން ކަމުގައިވާތީއެވެ. ދުރުދުރުގައި ބެހެއްޓުމުން އިނގިލިތައް ހުންނާނީ އެކި ދިމާއަށެވެ.
ވީމާ މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން