ފަހަރިއަށް އަނިޔާލިބޭކަން އެނގިތިބެ އެކަން ނުހުއްޓުވުމަކީ ﷲ ތަޢާލާގެ ކޯފާ ޙައްޤުވެ ގޭގެ އެންމެންނަށް ހިތާމަކުރަންޖެހިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ފަހަރިއަށް އަނިޔާލިބޭކަން އެނގިތިބެ އެކަން ނުހުއްޓުވުމަކީ ﷲ ތަޢާލާގެ ކޯފާ ޙައްޤުވެ ގޭގެ އެންމެންނަށް ހިތާމަކުރަންޖެހިދާނެ ކަމެއް!

ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އަދިވެސް މައިންބަފައިންގެ ގޭގައި ގިނަ ދަރިންތަކެއް އުޅެއެވެ. މިބުނަނީ ކައިވެނިކޮށްގެންވެސް މައިންބަފައިންގެ ގޭގައި އުޅޭވާހަކައެވެ. ކުދިކުދި ގިނަ ޢާއިލާތަކެއް އެކުގައި އެއް ގެއެއްގައި ދިރިއުޅޭ ވާހަކައެވެ.  

މިފަދަ ގެއެއްގެ އަހުލުވެރިންގެ ތެރެއިން އެކަކުނަމަވެސް އޭނާގެ އަނބިމީހާއަށް އަނިޔާވެރިވަމުންދަނީއެވެ. ހުތުރަ ބަސްތައްވެސް ބުނަނީއެވެ. ޖިސްމާނީ އަނިޔާވެސް ކުރަނީއެވެ.  

މިފަދަ ޙާލަތެއް ކުރިމަތިވާނަމަ އެއީ އެދެމަފިރިންގެ އަމިއްލަ މައްސަލައެއް ކަމަށް ބަލައި އެކަން ހުއްޓުވަން މަސައްކަތްނުކޮށް ތިބެން ހެޔޮނުވާނެއެވެ. އެކަމުގެ ކޯފާ ހުރިހާ އެންމެނަށްވެސް ލައްވަވައިފާނެކަމެއްކަމަށް ބިރުވެތިވާން އެބަޖެހެއެވެ. އަޢޫޛްބިﷲ  

މިހެން މިބުނީ މީސްތަކުންނަށް އަނިޔާވެރިވެރިވަމުންދާ މީހަކު ނުހުއްޓުވައި ތިބެއްޖެނަމަ އެކަމުގެ އަސަރު މުޅި މުޖުތަމަޢުއަށް ކުރާނެ ކަމާއި އެހެންވެ އެކަން ހުއްޓުވަން ޢަމަލީ ގޮތުން މަސައްކަތްނުކޮށް ތިބެފައި އެޙާލަތުން ސަލާމަތްކުރެއްވެވުން އެދި ދުޢާކުރުމުން ޢިޖާބަ ނުކުރައްވަވައިފާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއީ އޭނާ މީސްތަކުންނަށް އަނިޔާވެރިވަމުން ދިއައިރުވެސް އޭނާގެ ޢަމަލުތައް ހުއްޓުވަން އެކަކުވެސް މަސައްކަތްނުކުރީތީއެވެ.  

މީސްތަކުންނޭވެ! އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ! އެއީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އެއް ކަންތައްކަން އެނގެން އޮތުމުންނެވެ. އެކަން ނުއެނގޭނެ މުސްލިމަކު ނުހުންނާނެއެވެ. އަނިޔާވެރިކަމާއި ދެކޮޅަށް އެންމެންވެސް މަސައްކަތްކުރަންޖެހޭނެއެވެ. ޢާއިލާގެ ތެރޭގައި ވަކިން ބޮޑަށް މަސައްކަތްކުރަންޖެހޭނެއެވެ. އެއިރުން އެޢާއިލާއަކަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން