ސްކޫލް ކުދިން ކޭމްޕް ދާނެ ޚާއްސަ ސަރަހައްދެއް ރައިސް ޑރ.މުޢިއްޒު ހުޅުވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސްކޫލް ކުދިން ކޭމްޕް ދާނެ ޚާއްސަ ސަރަހައްދެއް ރައިސް ޑރ.މުޢިއްޒު ހުޅުވައިދެއްވައިފި

ސްކޫލް ކުދިންނަށް ކޭމްޕް ދިއުމަށް ޚާއްސަ ސަރަހައްދެއް މާލެ ކައިރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.

މި ސަރަހައްދު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މި ސަރަހައްދަކީ ހަމައެކަނި ކޭމްޕް ކުރުމަށް ނޫން ކަމަށާއި، ތަޢުލީމީ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވެސް ބޭނުންކުރެވޭނެ ތަނެއް ކަމުގައެވެ.

"މިއީ ތައުލީމީ އެކި އެކި ހަރަކާތްތައް ކުރިއަށްގެންދާނެ ސަރަހައްދެއްގޮތަށް އޮންނާނީ، އަބަދު ކޭމްޕްތައް އެތަނުގައި ކުރިއަށް ނުދާނެ، އެހެން ވީމާ އެކި ދިރާސާތައް ކުދިން ކުރިއަށް ގެންދިޔުމަށްވެސް އެތަން ބޭނުންކުރެވޭނެ. އަދި އިތުރު ހަރަކާތްތަކަށްވެސް އެތަން ބޭނުންކުރާނެ،" މިނިސްޓަރ ޝަފީޢު ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގައި ކެޑޭޓު، ގައިޑު އަދި ސްކައުޓު ފަދަ ހަރަކާތްތަކުގައި ކޭމްޕް ދިއުމަށް މާލެ ސަރަހައްދުގައި އެކަށީގެންވާ ތަނެއް ނެތުމަކީ ގިނަ ބެލެނިވެރިންނާއި ސްކޫލްތަކުގެ ކަންބޮޑުވުމަކަށް ވެފައިވާ ކަމެކެވެ. މި ސަރަހައްދު ހުޅުވުމާއެކު މި ކަންބޮޑުވުމަށް ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން