ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މިހާރަށްވުރެ ބޮޑަށް އިސްލާމީ ޢިލްމާއި ޙިލްމުގެ މައްޗަށް ބިނާކޮށް ތަޢުލީމު ފޯރުކޮށްދިނުމަށް ދަނީ މަސައްކަތްކުރަމުން: ނައިބު ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މިހާރަށްވުރެ ބޮޑަށް އިސްލާމީ ޢިލްމާއި ޙިލްމުގެ މައްޗަށް ބިނާކޮށް ތަޢުލީމު ފޯރުކޮށްދިނުމަށް ދަނީ މަސައްކަތްކުރަމުން: ނައިބު ރައީސް

ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މިހާރަށްވުރެ ބޮޑަށް އިސްލާމީ ޢިލްމާއި ޙިލްމުގެ މައްޗަށް ބިނާކޮށް ތަޢުލީމު ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި މިއަދު ފެށުނު އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް ސެމިނަރ ފައްޓަވައިދެއްވަމުން ނައިބު ރައީސް ވިދާޅުވީ، އިސްލާމީ ދުނިޔޭގައި ޢިލްމު ފެތުރުއްވުމުގައި އައިއައިއައިޓީއާއި އައިއައިޔޫއެމުން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށެވެ.

އިސްލާމީ އަސާސްތަކުގެ މަތީގައި މުޖުތަމަޢުތައް ބައްޓަންކުރުމަށް އެ ޖަމްޢިއްޔާތަކުން މަސައްކަތް ކުރައްވަމުންދާއިރު، ރާއްޖެއިން މި ދާއިރާގައި ހޯދަމުންދާ ކުރިއެރުންތަކުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި ރާއްޖެއިން މިހާރު އެންމެ ބޮޑު އިސްކަމެއްދޭ އެއްކަމަކީ، ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މިހާރަށްވުރެ ބޮޑަށް އިސްލާމީ ޢިލްމާއި ޙިލްމުގެ މައްޗަށް ބިނާކޮށް ބައިނަލްއަޤުވާމީގޮތުން ވާދަވެރިގޮތެއްގައި ތަޢުލީމު ފޯރުކޮށްދޭ ނިޒާމަކަށް ހެދުމަށް މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ.

"އައިއައިޔޫއެމްއާއި އައިއައިއައިޓީ އަދި އައިޔޫއެމް ގުޅިގެން މިބާއްވާ ސެމިނަރއަކީ އިސްލާމީ ޢިލްމުގެ އަލީގައި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް. ތަޢުލީމުގެ އަލީގައި އިންސާނީ ވަޞީލަތް ބިނާކުރުމަށް ސަރުކާރުން އިސްކަންދޭ. ބަދަލުވަމުންދާ ދުނިޔޭގައި އިސްލާމީ ޢިލްމުގެ މަތީގައި މީހުން ބިނާކުރުމަކީ ނުހަނު މުހިންމުކަމެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާއާއި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް ގުޅިގެން ބާއްވާ މި ސެމިނަރަކީ 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ސެމިނަރެކެވެ.

މިއަދު އޮންލައިން