އިތުބާރަކީ މާލީ ނިޒާމު ގުޅުވައިދޭ އެއްޗެއް. އެ ފެށެނީ އެކައުންޓަންޓުންގެ މަސައްކަތުން: ވަޒީރު މޫސާ ޒަމީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
އިތުބާރަކީ މާލީ ނިޒާމު ގުޅުވައިދޭ އެއްޗެއް. އެ ފެށެނީ އެކައުންޓަންޓުންގެ މަސައްކަތުން: ވަޒީރު މޫސާ ޒަމީރު

އިތުބާރަކީ އަޅުގަނޑުމެންގެ މާލީ ނިޒާމު ގުޅުވައިދޭ އެއްޗެއްކަމަށާއި، އެ ފެށެނީ އެކައުންޓަންޓުންގެ މަސައްކަތުން ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ބާއްވާ އެކައުންޓިން ދާއިރާގެ އެންމެ ބޮޑު ފޯރަމްކަމަށްވާ "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، ރާއްޖޭގެ މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނަމުންދާއިރު، އިތުބާރުގެ މުހިންމުކަމަކީ ބަދަލުނުވެ ދެމިއޮތް އެއް ކަމެވެ.

"އިތުބާރަކީ އަޅުގަނޑުމެންގެ މާލީ ނިޒާމު ގުޅުވައިދޭ އެއްޗެއް. އަދި އެ ފެށެނީ އެކައުންޓަންޓުންގެ މަސައްކަތުން. އިތުބާރުހުރި މާލީ މަޢުލޫމާތުގެ ސަބަބުން ބޭންކުތަކަށް ޒިންމާދާރުކަމާއެކު ލޯނު ދޫކުރެވޭ. އިންވެސްޓަރުންނަށް ރަނގަޅު ނިންމުންތައް ނިންމޭނެ. އަދި ސިޔާސަތު އެކުލަވާލާ ފަރާތްތަކަށް އިތުބާރާއެކު ޕްލޭންކުރެވޭނެ،" މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ ދައުރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސީއޭ މޯލްޑިވްސްއަކީ ހަމައެކަނި ރެގިއުލޭޓަރެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ މާލީ ދާއިރާގެ އިތުބާރާއި ތެދުވެރިކަން ރައްކާތެރިކޮށްދޭ ފަރާތެއް ކަމަށެވެ. އަދި އޮޑިޓްގެ ފެންވަރާއި، އަޚްލާޤީ މިންގަނޑުތައް މަތިކުރުމަށް އެ އިންސްޓިޓިއުޓުން ކުރަމުންދާ މަސައްކަތާއެކު، ރާއްޖޭގެ މާލީ ނިޒާމު ބިނާވެފައިވާ އަސާސް ވަރުގަދަވަމުންދާކަން ފާހަގަކުރެއްވިއެވެ.

އެކައުންޓިންގ އަދި ރިޕޯޓިންގ މިންގަނޑުތަކުން ކްރެޑިޓް ރިސްކް އެސެސްކުރުމާއި، ކޮމްޕްލަޔަންސްކަން ކަށަވަރުކުރުމަކީ ހަމައެކަނި އެއް މުއައްސަސާއަކުން ކުރެވޭނެ ކަމެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތުގައި ސަރުކާރުގެ އިތުރުން މި ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން