ކޮޗިނާއި ޓްރިވެންޑްރަމްގެ ދެކޮޅު ޓިކެޓުގެ އަގު ހެޔޮކޮށް ޚާއްޞަ ފެއާއެއް މޯލްޑިވިއަނުން ތަޢާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ކޮޗިނާއި ޓްރިވެންޑްރަމްގެ ދެކޮޅު ޓިކެޓުގެ އަގު ހެޔޮކޮށް ޚާއްޞަ ފެއާއެއް މޯލްޑިވިއަނުން ތަޢާރަފުކޮށްފި

ޤައުމީ އެއަރލައިން މޯލްޑިވިއަނުން އިންޑިއާގެ ކޮޗިނާއި ޓްރިވެންޑްރަމްގެ ދެކޮޅު ޓިކެޓުގެ އަގު ހެޔޮކޮށް، ޚާއްޞަ ފެއާއެއް މިއަދު ތަޢާރަފުކޮށްފިއެވެ.

މި ފެއަރގެ ދަށުން ކޮޗިންއަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ފެށޭނީ 176 އެމެރިކާ ޑޮލަރުން ކަމަށާއި، ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ފެށޭނީ 232 އެމެރިކާ ޑޮލަރުން ކަމަށް އެއަރލައިނުން މަޢުލޫމާތު ދީފައިވެއެވެ.

މި ޚާއްޞަ ފެއަރގެ ދަށުން ދަތުރުކުރާ ފަސިންޖަރުންނަށް ފްލައިޓްގެ އިކޮނޮމީ ކްލާހުގައި 20 ކިލޯގެ ހިލޭ ބެގޭޖް އެލަވަންސްއެއް ލިބޭނެއެވެ. މީގެ އިތުރުން ކޮމްޕްލިމަންޓްރީ ހޮޓް މީލްއާއި ބުއިންތައްވެސް ހިމެނެއެވެ.

ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ފަސިންޖަރުންނަށް 30 ކިލޯގެ ބެގޭޖް އެލަވަންސްއެއް ލިބޭނެ ކަމަށާއި، އަވަސް ޗެކް-އިން ޚިދުމަތާއި، އިތުރު އަގަކާ ނުލައި ޓިކެޓުގެ ދުވަސް ބަދަލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

މޯލްޑިވިއަނުން ވަނީ ޓިކެޓުގެ އަގު ހެޔޮކުރުމާއެކު، ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ފާހަގަކޮށްފައެވެ. މި ފެއަރގެ ދަށުން އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންކުރާނީ އެއަރބަސް އޭ320 ބޯޓެވެ.

މިއަދު އޮންލައިން