ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ދިރާގުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ދިރާގުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކޮށްފި

ދިވެހިރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ހިދުމަތްދޭ ކުންފުނި ދިރާގުން، ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކޮށްފިއެވެ. މިއީ ރާއްޖޭގެ މުވާސަލާތީ ކުންފުންޏަކުން މިފަދަ ކަމެއް ހާސިލުކުރި ފުރަތަމަ ފަހަރެވެ.

މި އުފާވެރި ކާމިޔާބީއާ އެކު ދިރާގުން މިހާރު ވަނީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި މުވާސަލާތީ ޑޭޓާ ނެޓްވޯކް ގާއިމްކޮށްފައެވެ. ދިރާގުން ފާހަގަކުރި ގޮތުގައި މިއީ ބޮޑެތި އަދި ކުރިއަރައިފައިވާ ގައުމުތަކުގެ ތެރެއިންވެސް ވަރަށް މަދު ގައުމަކަށް ހާސިލުކުރެވިފައިވާ ކަމެކެވެ.

މި ހިދުމަތުގެ ސަބަބުން މުޅި ރާއްޖޭގައި ޑިޖިޓަލް ގޮތުން އިތުރަށް ބާރުވެރި މުޖުތަމައުތަކެއް ބިނާވެ، އެ ފަރާތްތަކަށް ޑިޖިޓަލް މުސްތަގުބަލުގައި ކުރިއެރުމުގެ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މިއީ ސަރުކާރުން ދިވެހިރާއްޖެ "ސްމާޓް ނޭޝަން" އެއްގެ ގޮތުގައި ގާއިމުކުރުމުގެ ތަސައްވުރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައިވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

މި ހިދުމަތުގެ ސަބަބުން މުޅި ރާއްޖޭގައި އިންޓަނެޓް ހިދުމަތުގެ ފެންވަރު މަތިވެ، އަގު ހެޔޮވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. މި ތާރީހީ ކާމިޔާބީ ފާހަގަކުރުމަށް ދިރާގުން ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

މި ކާމިޔާބީއަކީ ރާއްޖޭގެ މުވާސަލާތީ ދާއިރާގައި ލިބުނު އެންމެ ބޮޑު އެއް ކުރިއެރުން ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޒަމާނީ ޓެކްނޮލޮޖީގެ ފައިދާ ލިބި، އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ގިނަގުނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން