ކަންބޮޑުވާންޖެހޭ ކަމެއް ދިމާވާއިރަށް ޑޮކްޓަރުނެގެ ގާތަށް ގޮސް ބޭސްހޯދާ މީހުން އަންނަނީ ގިނަވަމުންނެވެ. އަހުރެން ވަރަށް ކެރިހުރެގެން ބުނަމެވެ. އެންޒައިޓީން ސަލާމަތްވެވޭނެ އެއްވެސް ބޭހެއް އަދި މިއަދާއި ހަމައަށްވެސް އުފެއްދިފައެއް ނެތެވެ.
އެންޒައިޓީން ސަލާމަތްވުމަށް އޮތް އެންމެ އިތުބާރުހުރި ނުވަތަ އެންމެ ރަނގަޅު ފަރުވާ އެނގެން އޮތީ ސުންނަތުންނެވެ. ޙަދީޘްފުޅުގައި އޮތީ ތިމަން ކަލޭގެފާނުގެ ހިތަށްވެސް ނުތަނަވަސްކަން ލިބިވަޑައިގަންނަވައެވެ. އެފަދަ ޙާލަތުގައި ކުރައްވަވާކަމަކީ އަސްތަގްފާރުކުރެއްވެވުމެވެ.
އަދި ކީއްހެއްޔެވެ؟ އެއްވެސް ކަމެއް ކުރިމަތިވެވަޑައި ނުގެންނެވި ނަމަވެސް ކޮންމެ ދުވަހަކު 100 ފަހަރު އަސްތަޣްފާރުކުރައްވަވަމުން ގެންދެވިކަންވެސް ސުންނަތުން ސާބިތުވެއެވެ.
ތަޖުރިބާގެ މައްޗަށް ބަލައި ޔަޤީންކަމާއިއެކު ބުނަމެވެ. ކުރިމަތިވި މައްސަލައަށް ބެލުމެއް ނެތެވެ. ކޮންމެ ކަމެއް މެދުވެރިވެގެންނަމަވެސް ހާސްވެ ކަންބޮޑުވާނަމަ އަސްތަޣްފާރުކުރުން ގިނަކުރާށެވެ! "އަސްތަޣްފިރުﷲ" ކިޔުން ގިނަކޮށް ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދި ގިނަގިނައިން ދަންނަވާށެވެ! އެމީހަކަށް އެކަމުން ސަލާމަތްވެވޭނެ މަގެއް ﷲ ތަޢާލާ ދައްކަވާނެތެވެ. އިން ޝާ ﷲ
- ޢުމަރު ސުލައިމާންގެ ދަރުސަކުން