މުސްލިމުންގެ ތެރެއިންވެސް ޖާހިލުން ދައްޖާލަށް އީމާންވާނެ! ގިނަ ބައަކަށް މިދެވެނީ އެމަގުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
މުސްލިމުންގެ ތެރެއިންވެސް ޖާހިލުން ދައްޖާލަށް އީމާންވާނެ! ގިނަ ބައަކަށް މިދެވެނީ އެމަގުން!

ދައްޖާލަށް ތަބަޢަވާ ޔަހޫދީންގެ ޢަދަދު ބޮޑުތަނުން ގިނަވެގެންދާނެ ނަމަވެސް އަހުރެންގެ ކަންބޮޑުވުން އިތުރުވަނީ އެކަމަކަށް ނޫނެވެ. އަހުރެން ކަންބޮޑުވަނީ ޖާހިލުވަމުން މިދާ މުސްލިމުންނާއިމެދުގައެވެ. އެމީހުންނަށް އެދެވެނީ ދައްޖާލަށް ތަބަޢަވުމާއި ދިމާއަށެވެ. އެމީހުންގެ ދަރިފަސްކޮޅަށް އޮތް ނުރައްކާ އަދި މާބޮޑެވެ!  

ޔަހޫދީން ޤަބޫލުކޮށްގެން އެތިބެނީ ކުރިން ދުނިޔެއަށް ފޮނުއްވެވުނީ ޙަޤީޤީ ޢީސާގެފާނު ނޫން ކަމަށެވެ. އެމީހުން ހިތުން އެމީހުން އެކަލޭގެފާނު ޤަތުލުކުރީ އެއީ ޙަޤީޤީ ޢީސާގެފާނުކަމަށްނުވާތީއެވެ. އަދި އެއީ އެމީހުންނަކީ ޔަހޫދީންނަށްވުމުގެ ކުރިއެވެ. ޔަހޫދީންނަށްވީ ފަހުންނެވެ.  

ޔަހޫދީން ޤަބޫލުކުރާ ގޮތުގައި ޙަޤީޤީ ޢީސާގެފާނު އަދި ފައުޅުވާނެއެވެ. އެމީހުން މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުކަން ޤަބޫލުނުކުރީވެސް އެހެންވެގެންނެވެ. އަދިވެސް އެމީހުންގެ ގާތަށް ރަސޫލްބޭކަލަކު ފޮނުއްވަވާނެ ކަމަށް ޤަބޫލުކުރާތީއެވެ.  

މިހެން ތިއްބައި ބޮޑު ދައްޖާލު ފައުޅުވެ ތިމަންނާއަކީ ޢީސާގެފާނުކަމަށް ބުނެ ދޮގުހެދީމާ އެބޮޑު ދޮގު ޔަހޫދީން ޤަބޫލުކުރާނެއެވެ. އެމީހުން ހީކުރާނީ ދައްޖާލަކީ ޢީސާގެފާނު ކަމަށެވެ.  

ކޮންމެއަކަސް ޔަހޫދީންގެތެޜޭގައި ތިބި ބޮޑެތި ޢިލްމުވެރިންނަށް ތައުރާތާއި ޤުރްއާނުން މިކަންކަމުގެ ޙަޤީޤަތް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ޢީސާގެފާނު ފައުޅުކުރައްވަވައިފި ކަމާއި  އެމީހުންނަށް ޞަލީބަށް އެރުވުނީ ޢީޞާގެފާނު ނޫންކަމާއި ޢީޞާގެފާނު ﷲ ތަޢާލާ އުޑަށް އުފުއްލަވާފައިކަންވެސް ރަނގަޅަށް އެނގޭނެއެވެ.  

ދައްޖާލު ފައުޅުވާނެ ދުވަސްވަރު މީސްތަކުންގެ ޖާހިލުކަން ބޮޑުކަމުން ވަރަށް ގިނަބައަކު ދައްޖާލަށް އީމާންވެ ތަބަޢަވާނެއެވެ. އެއިގެ ތެރޭގައި އެންމެ ގިނަވާނީ ޔަހޫދީންނެވެ. މިކަންކަމަކީ ޙަދީޘްފުޅުތަކުން އެނގެންހުރި ކަންކަމެވެ.  

މީސްތަކުން މިއަދު ޖާހިލުވަމުން އެދަނީ މިކަންކަން އެނގިތިބެއެވެ. މުސްލިމުންނަށް ވަކިން ބޮޑަށް އެކަންކަން އެނގޭނެއެވެ. އިސްލާމް ދީނުގައި ޘާބިތުވެތިބެން ގަދައަޅައި މަސައްކަތްކުރަންވީ އެހެންވެގެންނެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން