އަހުރެމެންގެ މައިންބަފައިން އަހުރެމެންނަށް ކަންކަންކުރި ގޮތަށް އަހުރެމެން އަހުރެމެންގެ ދަރިންނަށް ކަންކަންކޮށްގެން ދަރިން އިޞްލާޙެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އަހުރެމެންގެ މައިންބަފައިން އަހުރެމެންނަށް ކަންކަންކުރި ގޮތަށް އަހުރެމެން އަހުރެމެންގެ ދަރިންނަށް ކަންކަންކޮށްގެން ދަރިން އިޞްލާޙެއް ނުކުރެވޭނެ!

އަލަށް އުފެއްދި ޙައްޤުތައް ގިނަވެ މީސްތަކުން ވަށައިލީމާ އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ ދަރިންނަށެވެ! ކުރިން ދަރިން ނުރުހޭ ކަމެއް މަންމަ ކޮށްފިނަމަ ދަރިން ބުނާނީ ބައްޕަގެ ގާތުގައި ބުނާނެ ކަމަށެވެ. ބައްޕަ ކޮށްފިނަމަ ބުނާނީ މަންމަގެ ގާތުގައި ބުނާނެ ކަމަށެވެ. ނަމަވެސް މިއަދު ބުނާނީ ޢާއިލީ ޕޮލިހަށް އަންގާނެ ކަމަށެވެ.  

ހޭލުންތެރިވާށެވެ! ދުނިޔޭގެ ކަންކަމަށް އަންނަމުންމިދާ ބަދަލުތަކުގެ ތެރެއިން ދަރިންގެ ވިސްނުމަށްވެސް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ވީމާ ކުރީގެ ދުވަސްވަރު ކުދިންނާއިމެދު ޢަމަލުކުރި ގޮތަށް މިހާރު ޢަމަލުކޮށްގެން ދަރިން އިޞްލާޙެއް ނުކުރެވޭނެއެވެ.  

ސުވާލަކީ ޙައްލަކީ ކޮބައިހެއްޔެވެ؟ ޙައްލަކީ ލޯތްބާއި އަޅައިލުންދީގެން ކުދިން ގެންގުޅެން މަސައްކަތްކުރުމެވެ. ދަރިފުޅުދެކެ އެންމެ ބޮޑަށް ލޯބިވާ، އެންމެ ހެޔޮއެދޭ ބައަކީ މައިންބަފައިންކަން ދަރިންނަށް ޔަޤީންކޮސްދިނުމެވެ.  

އަހުރެންގެ ނަޞީޙަތް އަޑުއަހާށެވެ!  

ހެޔޮ ކަމެއް ކުރުމުން ދެމަފިރިން އެކަކު އަނެކަކަށް ތަޢްރީފްކޮށް ހެޔޮބަސް ބުނާފަދައިން ދަރިން ރަނގަޅުކަމެއް ކުރުމުން ދަރިންނަށްވެސް ތަޢްރީފްކޮށް ހެޔޮބަސް ބުނާށެވެ! ދަރިން ހޯދާ ކާމިޔާބީ ފާހަގަކުރަންޖެހޭނެއެވެ. މިކަންކަން ދަރިން ބޭނުންވާނެއެވެ. އެންމެ ބޮޑަށް ބޭނުންވާނީވެސް މައިންބަފައިންގެ ކިބައިންނެވެ. އެހެންކަމާއިއެކުވެސް މިކަން ވިސްނެނީ ބައެއް ބެލެނިވެރިންނަށެވެ. އަނެއްބައި ބެލެނިވެރިންނަކަށް ނުވިސްނެއެވެ. އެހެންވެ ޤަބޫލެއް ނުކުރެވެއެވެ. ޢަމަލެއް ނުކުރެވެއެވެ.  

ހަނދާންކުރާށެވެ! ދަރިއަކު ކާމިޔާބީއެއް ހާޞިލުކުރުމުން ގަނެދޭ އަގުބޮޑު ހަދިޔާއަކަށްވުރެ، އަދި ބާއްވައިދޭ ބޮޑު ޕާޓީއަކަށްވުރެ އެކުދިންނަށް މައިންބަފައިން ތަޢްރީފްކުރުމުން ކުދިންނަށް ލިބޭ އުފާވެރިކަން މާބޮޑުވާނެއެވެ.  

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. ދަރިން ހޯދާ ކާމިޔާބީއަށް ތަޢްރީފްނުކުރާނަމަ އެކުދިންނަށް ކުރެވޭ ކުށަކާއި ގުޅިގެން ކަންކަން އިޞްލާޙްކުރަން ދޭ ނަޞޭޙަތް އަޑު އަހައި ޤަބޫލުކުރަންވެސް ހުރަސްތަކެއް ހުންނާނެއެވެ. ގިނަކުދިން ޤަބޫލުވެސް ނުކުރާނެއެވެ. 

ވީމާ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން އެދޭނަމަ މިކަންކަމަށް ވިސްނާށެވެ. ދަރިން ހޯދާ ކާމިޔާބީ ފާހަގަކޮށް ހިތްވަރުދޭށެވެ. ރަނގަޅު ކަމެއް ކޮށްފިނަމަ ތަޢްރީފްކުރާށެވެ.  

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން