ބަލިޙާލަތެއް ކުރިމަތިވީމާ ކުރިން ކުރަމުން އައިވަރަށް އަޅުކަން ނުކުރެވިގެން ކަންބޮޑުވާކަށް ނުޖެހޭނެ! ޘަވާބު ދާނީ އޮޓޯއިން އިތުރުވަމުން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ބަލިޙާލަތެއް ކުރިމަތިވީމާ ކުރިން ކުރަމުން އައިވަރަށް އަޅުކަން ނުކުރެވިގެން ކަންބޮޑުވާކަށް ނުޖެހޭނެ! ޘަވާބު ދާނީ އޮޓޯއިން އިތުރުވަމުން! އިން ޝާ ﷲ

ތިމާ ގަދަވެސަލާމަތުން ހުރިއިރު ކުރަމުން އައި އަޅުކަން، ބަލިވުމަށްފަހު ގަދަވެހުރިއިރު ކުރި މިންވަރަށް ނުކުރެވުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ނޫނެވެ. ބަލިވެ އަޅުކަން ނުކުރެވޭވަރުވުމަށްފަހު ﷲ ތައާލާ އެމީހެއްގެ ޙާލަތު ބައްލަވައިވޮޑިގަންނަވާނީ އެ ޙާލަތަށް އެމީހަކު ދިއުމުގެ ކުރިން އަމަލުކުރަމުން އައި ގޮތުގެ މައްޗަށެވެ. ގަދަވެ ސަލާމަތުން ހުންނައިރު ވީހައި ގިނަ ހެޔޮ އަމަލުތައް ކުރަންވީ އެ ސަބަބަށްޓަކައެވެ. 

މިޘާލަކަށް ބުނާނަމަ ސުންނަތް ނަމާދުތައްކޮށް ރޭއަޅުކަންކުރަމުން އައި މީހަކު ދަތުރެއްގެ މަތީގައި އުޅެންޖެހުނީއެވެ. ނުވަތަ ބަލިޙާލަތެއް ކުރިމަތިވެ އެކަންކަން ނުކުރެވޭ ޙާލަތެއް ކުރިމަތިވީއެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެމީހަކަށްޓަކައި އޭނާ ކުރިން ކުރަމުން އައި ކަންކަމާއި އެއްވަރަށް ޘަވާބު ލިޔުއްވަވާނެތެވެ. އިން ޝާ ﷲ. ކިތަންމެ ދުވަހަކު ބަލިހާލުގައި އޮންނަން ޖެހުނަސްމެއެވެ.  

އެކަމަކު ވިސްނައިލަންޖެހޭނެ ކަމެއް އެބައޮތެވެ. ދަތުރު ނިމުނީއެވެ. ނުވަތަ ބަލިން ޝިފާލިބުނީއެވެ. އެއިރުން އެމީހާ ކުރިން ކުރިފަދައިން އެކަންކަން ކުރަންފަށަންވާނެއެވެ. ނޫންނަމަ ވާނީ އެމީހަކު އަމިއްލައަށް އެކަންކަން ކުރުން ދޫކޮށްލި ކަމަށެވެ.  

ހަމަ އެއާއެކު ޝިފާ ލިބެމުން އަންނައިރުވެސް ވިސްނާށެވެ! ޝިފާ ލިބޭވަރަކުން އަޅުކަންކުރުން އިތުރުކުރަންވާނެއެވެ. ކޮޅަށްހުރެ ނުކުރެވި ގޮނޑީގައި އިނދެގެން ކުރެވޭނަމަ ގޮނޑީގައި އިނދެގެންވެސް ކުރާށެވެ! އަޅުކަންކުރުމަށް ލޯބިކުރުމަކީ އެއީއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވާނީ އެއިރުންނެވެ.

 

- މަޢުލޫމާތު: ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން