ދެމަފިރިން އެކުގަ ތިބެގެން ބައިވެރިޔާއަށް ސިއްރުން މެސެޖްކޮށް ފޮޓޯފޮނުވާ މީހަކަށް ރުހޭނީ އެއްވެސް ވަރަކަށް އެމީހަކުދެކެ ލޯބިނުވާ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ދެމަފިރިން އެކުގަ ތިބެގެން ބައިވެރިޔާއަށް ސިއްރުން މެސެޖްކޮށް ފޮޓޯފޮނުވާ މީހަކަށް ރުހޭނީ އެއްވެސް ވަރަކަށް އެމީހަކުދެކެ ލޯބިނުވާ މީހުން!

ފުރަތަމަ ކަމަކީ އެއްވެސް ގޮތެއް ހުރި މީހަކު ބޭވަފާތެރިއެއް ނުވާނެއެވެ. އަދި އިންސާނަކަސްވީތީ ފަހަރެއްގައި ކުށެއް ކުރެވުނަސް އެކަމުގައި ހައްދުފަހަނައަޅައެއް ނުދާނެއެވެ. ކުރެވުނު ކުށް ވިސްނިމުން ދެރަވެ ތައުބާވެސްވާނެއެވެ.  

މަކަރުހެދުން ކުރިއަރައިގޮސް މަކަރުހެދުމަކީ އެއްވެސް މައްސަލައަކަށްނުވާ ޙާލަތަށް މިވަނީ ކަންކަން ގޮސްފައެވެ. އަނބިމީހާ ފިރިމީހާއާއި އެއް އެނދުގައި އޮވެގެން، ފިރިމީހާ އަނބިމީހާ އާއި އެއް އެނދުނގައި އޮވެގެން ހިލޭ މީހުންނަށް އެބަ މެސެޖުތައް ކުރެއެވެ. ފޮޓޯ ފޮނުވައެވެ.   

އެކަންކަން ކުރަމުން ޤަބޫލުކުރެވެނީ މިވާހަކަ ދެއްކެނީ ތިމާގެ ބައިވެރިޔާއަށްވުރެ މާރަނގަޅު މީހަކާއި ކަމަށެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އެފަދަ ޙާލަތުގައި ތިބާއާއި ވާހަކަދައްކާނީ އެއްވެސް ގޮތެއް ނެތް މީހެކެވެ. ތިބާފަދަ ގޮތެއް ނެތް މީހެކެވެ. އެއްވެސް ހަމައެއް އިންޞާފެއް ނެތްތަކުގައި އެހެން މީހަކަށް ރަޙުމެއް ހުރި މީހަކުވެސް އެފަދަ ކަމެއް ނުކުރާނެއެވެ. އަދި އެއްވެސް ވަރަކަށް ތިބާދެކެ ޙަޤީޤީ ލޯބިވާ މީހަކު އެކަން ބަލައެއްވެސް ނުގަންނާނެއެވެ.  

އެމީހާގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ހުރިނަމަ ވިސްނައިލާނެއެވެ. މިކުރާ ކަންކަން އޭނާގެ ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް އެނގިއްޖެނަމަ ކުރާނެ އަސަރާއިމެދުގައެވެ. އަދި ތިމާއަށް މިކުރެވެނީ ކިހައި ބޮޑު ނުބައިކަމެއް ކަމާއިމެދުގައެވެ. ތިމާ އެމީހާއާއި ގުޅުމުންވެސް ހަމަ މިގޮތަށް ޚިޔާނާތްތެރިވާނެކަންވެސް ވިސްނޭނެއެވެ.  

އެވަރު ވިސްނައިނުލެވޭނަމަ އެމީހަކު ވާނީ އޭނާގެ ހަށިގަނޑުގައި އަޞްލު ހިތެއްވެސް ނެތް މީހަކަށް ނޫންހެއްޔެވެ؟  

ބައިވެރިޔާ ދޫކޮށްލާފައި އެފަދަ މީހުންނާ ގުޅުމުން ހިތި ތަޖުރިބާތައް ކުރަންޖެހެނީ މިބުނި ފަދަ ސަބަބުތައް ހުންނާތީއެވެ. އެދުވަހު އޭނާގެ ހިތުގައި ރަޙުމެއް ނެތިފައި ކައިވެނިކުރީމާ ބައިވެރިޔާގެ މައްޗަށް ރަޙުމް އުފެދޭނީ ކިހިނަކުންހެއްޔެވެ؟ ބުއްދީގެ ހަމަތަކުން ބެލިނަމަވެސް މިހުންނަނީ ނުވާނެ ކަންކަމެވެ.  

އަހުރެން މިވާހަކަ މިދައްކަނީ ދީނާއި ގުޅުވައިގެނެއް ނޫނެވެ. ދުނިޔޭގެ އެންމެންނަށް ނަބޭޙަތެއްގެ ގޮތުންނެވެ. ކޮންމެ ދީނެއްގެ މީހަކު ނަމަވެސް ކައިވެނިކުރުމަށްފަހު އެންމެ މުހިންމު ކަމަކަށް ހަދަންޖެހޭނީ ރަނގަޅު ގޮތުގައި ދެމެހެއްޓުމެވެ. އެކަން ނުކުރެވިއްޖެނަމަ ދުބނިޔޭގައިވެސް ހިތާމަކުރަން ނުޖެހޭނެ މީހަކު ނުހުންނާނެއެވެ! މައްސަލަތައް ޙައްލުކުރެވޭނީ އެކަންކަމަށް ވިސްނި ވަރަކުންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން