ދެރަވެ މާޔޫސްވާންވީ ކީއްވެ؟: "މާޔޫސްނުވެ، އުންމީދު ކަނޑާނުލާ މީހުންނަށް ކާމިޔާބު މިންވަރުކުރައްވަވާނެކަން ވަޙީބަސްފުޅުން އެނގެން އެބައޮތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ދެރަވެ މާޔޫސްވާންވީ ކީއްވެ؟: "މާޔޫސްނުވެ، އުންމީދު ކަނޑާނުލާ މީހުންނަށް ކާމިޔާބު މިންވަރުކުރައްވަވާނެކަން ވަޙީބަސްފުޅުން އެނގެން އެބައޮތް!: މުފްތީ މެންކް

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. "މާޔޫސްނުވާށެވެ! އުންމީދު ކަނޑައިނުލާށެވެ! ތިބާއަށް ކާމިޔާބުލިބޭނެއެވެ." ކޮންފަދަ މަތިވެރި އަދި ފައިދާހުރި ބަސްފުޅެއް ހެއްޔެވެ؟ މިއީ ވަކިކަމަކަސް އޮތް ބަސްފުޅެއް ކަމަށް ނުދެކޭށެވެ! އެމީހަކު ޙާޞިލްކުރަން ބޭނުންވާ ކަންކަމުގެ ތެރެއިން އެކަމެއް ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކޮންމެ ކަމަކަށްވެސް އޮތް ބަސްފުޅެކެވެ. ކިތަންމެ ގިނައިން ފާފަކުރެވިފައިވީ މީހުންނަށްވެސް އޮތް ބަސްފުޅެވެ.  

ބުނަންހެއްޔެވެ؟ ތިބާގެ އަގުވަޒަންކުރުމުގައި ތިބާގެ ތަނަވަސްކަމަށާއި މަޤާމަށް ނުވަތަ ދަރަޖައަށާއި ޙައިޞިއްޔަތަށް ބެލުމަކީ އިންސާނުންކުރާ ކަމެކެވެ. ﷲ ތަޢާލާ ތިބާ ދަރަޖަ ކުރައްވަވަނީ ތިބާ ތައުބާވާ މިންވަރުންނެވެ. އިތުރަށް ތަފްޞީލްކޮށްލާނަމެވެ. ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާނީ ތިބާ ކުރި ފާފަތަކަކަށް ނޫނެވެ. ތައުބާވިތޯއެވެ! ތައުބާވެފައިވާނަމަ ކުރެވުނު ފާފަތަކުގެ ކަންތައް އެއޮތީ އެހިސާބުން ނިމިފައެވެ.  

ދެން އޮތީ ދެއްވަވާނެ ކާމިޔާބަކީ ކޮބައިކަމާއިމެދު ވިސްނައިލުމެވެ. ކާމިޔާބު ދެއްވެވުމުގެ މާނައަކީ ހަމައެކަނި ތިބާ އެދުނުގޮތަށް އެކަމެއް މެދުވެރިވުމެއް ނޫނެވެ. ތިބާއަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަކަށް އެކަމެއް މިންވަރުކުރެއްވެވުމަށެވެ.  

ވީމާ އަހުރެން ދުޢާކޮށްކޮސް ހުއްޓައި ކައިވެނި ރޫޅިއްޖެ! އަހުރެން ދުޢާކުރި ލޯބިވެރިޔާއެއް ނުލިބުނު! އަހުރެން ދުޢާކުރި ވަޒީފާއެއް ނުލިބުނު! ފަދަ ބަސްތައް ނުބުނާށެވެ! ތިބާ ކުރި ދުޢާ ވާނީ ޢިޖާބަ ކުރައްވަވައިފައެވެ. އެކަމަކުން ތިބާއަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަކަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން