ގުރުއަތު ނަގައި ފްލެޓް ނަންބަރު ކަނޑައަޅާފަައިވާ 75 ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓް ލިބޭނީ 76 ޕޮއިންޓު ލިބުނު މީހުންނަށް ދިނުމަށްފަހު؛ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ގުރުއަތު ނަގައި ފްލެޓް ނަންބަރު ކަނޑައަޅާފަައިވާ 75 ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓް ލިބޭނީ 76 ޕޮއިންޓު ލިބުނު މީހުންނަށް ދިނުމަށްފަހު؛ ވަޒީރު

ގެދޮރުވެރިޔާ ސްކީމްގައި ގުރުއަތު ނަގައި ފްލެޓް ނަންބަރު ކަނޑައަޅާފައިވާ 75 ޕޮއިންޓު ލިބުނު ފަރާތްތަކަށް ފްލެޓް ލިބޭނީ 76 ޕޮއިންޓު ލިބުނު ފަރާތްތަކަށް ފްލެޓް ދިނުމަށްފަހު ކަމަށް ގެދޮރުވެރިކަމާއި ބިނާވެށި ކުރިއެރުވުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ 3 ކޮޓަރީގެ ފްލެޓު ލިބޭ މީހުންގެ ތެރެއިން، 76 ޕޮއިންޓު ލިބުނު ފަރާތްތަކަށް ފްލެޓް ކަނޑަނާޅައި، 75 ޕޮއިންޓު ލިބުނު ފަރާތްތަކަށް ފްލެޓް ނަންބަރު ކަނޑައަޅާފައިވުން ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި 3 ކޮޓަރި ލިބޭ މީހުންގެ ތެރެއިން، 76 ޕޮއިންޓުން މަތިން ފްލެޓް ލިބޭ 330 މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅައި ގުރުއަތު ނަގާފައި ނުވާއިރު، 75 ޕޮއިންޓު ލިބުނު 315 މީހުންނަށް ފްލެޓް ދޭން ގުރުއަތު ނަގައި، އެއްބަސްވުންވެސް ހަދައި ސޮއިކޮށްފައިވެއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި، މިހާރު ނިންމާފައިވަނީ 76 ޕޮއިންޓު ލިބުނު ފަރާތްތަކަށް ފްލެޓް ކަނޑައެޅުމަށްފަހު، 75 ޕޮއިންޓު ލިބުނު ފަރާތްތަކަށް ފްލެޓް ކަނޑައެޅުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި 3 ކޮޓަރީގެ ފްލެޓު އެ އަދަދަށް ނެތުމުގެ ސަބަބުން، އެ ފަރާތްތަކަށް 2 ކޮޓަރީގެ ޔުނިޓުތައް ލިބޭގޮތަށް ފުރުޞަތު އޮތްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޖުމްލަ 4,000 ފްލެޓް އެޅުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 3 ކޮޓަރީގެ 2,800 ފްލެޓާއި 2 ކޮޓަރީގެ 1,200 ފްލެޓެވެ.

މިއަދު އޮންލައިން