ގެކުރީގެ ސްކީމްތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކު ފްލެޓް ލިސްޓުގައި ހިމެނޭ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ގެކުރީގެ ސްކީމްތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކު ފްލެޓް ލިސްޓުގައި ހިމެނޭ: ވަޒީރު

ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓް މަޝްރޫޢުއިން ފްލެޓް ދޭން ތަކުރާރުކޮށް މީގެކުރީގެ ސްކީމްތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކު ލިސްޓުގައި ހިމެނޭ ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ތަކުރާރުކޮށް ފްލެޓް ލިބޭ 976 ދެމަފިރިއަކު ލިސްޓުގައި ހިމެނޭއިރު، މީގެތެރެއިން 645 މީހުންނަކީ 76 މާކްސްއިން މަތިން ޕޮއިންޓްލިބިގެން ފްލެޓް ލިބޭކަމަށް ކަނޑައަޅާފައިވާ މީހުންކަމަށެވެ.

މިކަން މިގޮތަށް ވިޔަނުދީ، މީގެކުރިން ސަރުކާރު ސްކީމަކުން ފްލެޓް ނުލިބޭ އާއިލާތަކަށް މި ފްލެޓްތައް ކަނޑައެޅުމަށް، ޤާނޫނީގޮތުން އެކަން އޮތްގޮތް ބެލުމަށް އެކި ގޮތްގޮތުން މަސައްކަތްކުރިކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނާއެކުވެސް މަޝްވަރާކުރެއްވި ނަމަވެސް، ޤާނޫނީގޮތުން އެކަން ހުއްޓުވޭނެ އެއްވެސް އުސޫލެއް ނެތްކަމަށް ވިދާޅުވިއެވެ.

"އިއުލާނު ކޮށްފައި އޮތް އުސޫލުގައި ވެސް ދެމަފިރިއަކަށް މި ސްކީމުގެ ތެރެއިން ނުލިބޭނެ ކަމަށް ކަނޑައަޅާފަ ވަނީ. އެހެން ސްކީމަކުން ލިބިފަ އިނަސް މި ސްކީމުން ނުދެވޭނެ ކަމަށް ބަޔާންކޮށްފައެއް ނެތް،" ވަޒީރު ވިދާޅުވިއެވެ.

އަނބިމީހާ ނުވަތަ ފިރިމީހާއަށް ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ފްލެޓް ލިބިފައިވާނަމަ، ފްލެޓް ނުދީ ވޭތޯ މަސައްކަތް ކުރި ނަމަވެސް، އިޢުލާނުކޮށްފައި އޮތް އުސޫލުތަކާއި، ރާއްޖޭގައި ހަދާފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް ބަލާއިރު، ދެމަފިރިއަކަށް ދިނުން މަނާ ކުރާ އެއްވެސް ޤާނޫނެއް ގަވާއިދެއް ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެޗްއާރްސީއެމްއާ މަޝްވަރާކުރުމަށްފަހު، އެކަމަކީ ހުއްޓުވޭނެ ކަމަކަށް ނުވާތީ، އެންމެ ފަހުން ނިންމަން ޖެހުނީ ޤާނޫނީ ގޮތުން ނުދީ ނިންމާނެ އެއްވެސް ގޮތެއް ނެތުމުން، އިޢުލާނުކޮށްފައިވާ ގޮތަށް ފްލެޓްތައް ދޭން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން