އިދިކޮޅު ފަރާތްތަކުން ފާޑުކީ ނަމަވެސް ރަށްރަށުގައި އޭޓީއެމް ބެެހެއްޓުމުން ރައްޔިތުންގެ ފަރާތުން ފެންނަނީ އެ ޚިދުމަތަށް ބޭނުންވެފައިތިބި މިންވަރު: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އިދިކޮޅު ފަރާތްތަކުން ފާޑުކީ ނަމަވެސް ރަށްރަށުގައި އޭޓީއެމް ބެެހެއްޓުމުން ރައްޔިތުންގެ ފަރާތުން ފެންނަނީ އެ ޚިދުމަތަށް ބޭނުންވެފައިތިބި މިންވަރު: ވަޒީރު

އަތޮޅުތެރޭގެ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމާމެދު އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާއިރު، ރައްޔިތުންގެ ފަރާތުން ފެންނަނީ އެ ޚިދުމަތަށް ބޭނުންވެފައިވާ މިންވަރުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޅ. އޮޅުވެލިފުށީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަކީ ޒަމާނަށް ނުފެތޭ ކަމެއްގެ ގޮތުގައި ސިފަކޮށް، އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން އަންނަ ކަމަށެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، "ރައްޔިތުން އެންމެ އެދޭ ކަންކަމުގެ ތެރޭގައި އޭޓީއެމްގެ ޚިދުމަތް ހިމެނޭ. ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ފެންނަނީ މި ޚިދުމަތަށް ބޭނުންވެފައިތިބި މިންވަރު" ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތަކީ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ރައްޔިތުންނާ ގާތުން ފޯރުކޮށްދެއްވުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތަކީ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި މަޝްރޫޢުގެ ދަށުން ގިނަ ރަށްރަށެއްގައި މިހާރުވެސް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.

މިއަދު އޮންލައިން