ތިމާއަށް ލިބިފައިވާ ހިތްދަތިކަމާ ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުންވެސް އަނެކާ ނުރުހޭ ބަހެއް ބުނެވިދާނެ! ރުޅިނައިސް ހަމްދަރުދީވުމުން ކުރާ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ތިމާއަށް ލިބިފައިވާ ހިތްދަތިކަމާ ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުންވެސް އަނެކާ ނުރުހޭ ބަހެއް ބުނެވިދާނެ! ރުޅިނައިސް ހަމްދަރުދީވުމުން ކުރާ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

ފަށަމުން ބުނެލާނަމެވެ! އެންމެ ރަނގަޅު ގޮތަކީ ތިމާއަށް ކުރިމަތިވެފައިވާ ހިތްދަތި ޙާލު ކިތަންމެ ބޮޑަސް އެކަން އެހެން މީހުންނަށް ބުރައަކަށް ނުހެދުމެވެ. އެއީ އެހެން މީހުން ނުރުހޭނެ ފަދަ ބަސްތައް ބުނާ ސަބަބަކަށް ނުހެދުމެވެ. ނަމަވެސް ކެތްތެރިކަން އެކިމީހުންނަށް ހުންނާނީ އެކިވަރަށެވެ. ވީމާ ޢަމަލުކުރެވޭ ގޮތްވެސް ތަފާތުވާނެއެވެ. އެެހން މީހުންނަށް އޮތީ އެކަމަސް ވިސްނައި ހިތްދަތިކަމުގައި ހުންނަ މީހާއަށް ހެޔޮކޮށް ހިތުމެވެ.  

ކިތަންމެ ގާތް މީހަކަށް ނަމަވެސް ތިމާ ހިތް ހަމަނުޖެހޭ ފަދަ ބަހެއް ބުނެވިދާނެއެވެ! ވީމާ މީހަކަށް ތިމާ ހިތް ނުޖެހޭ ފަދަ ބަހެއް ބުނެވުނު ނަމަވެސް އަދި އެފަދަ ކަމެއް ކުރެވުނު ނަމަވެސް އެމީހަކު ދެކެ ރުޅި ނުއަންނާށެވެ. ބައެއް މީހުންނަކީ އެމީހުންނަށް ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިވުމުން ލިބޭ ހާސްކަމުގައި އެހެން މީހުންނަށް އިހާނެތި ބަސްތައް ބުނެވޭ މީހުންނެވެ. އެއީ ކޮށްގެންވާނެ ކަމެއް ނޫން ނަމަވެސް ބައެއް މީހުންނަށް އެކަން އެގޮތަށް ކުރެވެއެވެ.  

ވީމާ އޭނާގެ ހިތުގައި ތިބާއަށް ނަފްރަތުކަމެއް ނެތް ނަމަވެސް ނަފުރަތުގެ ބަހެއް ބުނެވިދާނެއެވެ. އަދި ކަމެއްވެސް ކުރެވިދާނެއެވެ. ވީމާ އެފަދަ ޙާލަތުގައި ފުރަތަމަ އޭނާ ހުރި ޙާލަތު ދެނެގަންނަން މަސައްކަތްކުރާށެވެ.  

އޭނާ ހުރީ ކުރިން މިބުނިފަދަ ހިތްދަތިކަމެއްގައި ނުވަތަ ކަންބޮޑުވާންޖެހޭ ފަދަ ޙާލަތެއްގައި ނަމަ އޭނާއަށް ރަޙުމްކޮށް އެހީތެރިވާށެވެ. އެހީތެރިވެވެން ނެތްނަމަ އަނިޔާއަކަށްވެދާނެ ބަހެއް ނުބުނާށެވެ! އަދި އެފަދަ ކަމެއްވެސް ނުކުރާށެވެ.  

އެއިރުން ﷲ ތަޢާލާ ތިބާއަށް ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން