ނޫމަރާއިން ރައީސް އަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ނޫމަރާއިން ރައީސް އަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ ނޫމަރާއަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މިއީ ށ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ކުރައްވާ ޒިޔާރަތްތަކުގެ ތެރެއިން އެއް ޒިޔާރަތެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަޑައިގަންނަވާނީ އެ އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށަކަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމެވެ. އަދި މީގެ އިތުރުން ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި ވަޑައިގަންނަވާ ރަށްތަކުގެ ތެރޭގައި ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫ ހިމެނެއެވެ. މި ދަތުރުފުޅުގައި ކޮންމެ ރަށެއްގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާ، އެ ރަށްރަށުގެ ކަންބޮޑުވުންތަކާއި ތަރައްޤީއަށް ބޭނުންވާ ކަންކަމާ މެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ

މިއަދު އޮންލައިން