ނޫމަރާ ކައުންސިލްގެ އާ އިމާރާތް ރައީސް ޑރ.މުޢިއްޒު ހުޅުވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ނޫމަރާ ކައުންސިލްގެ އާ އިމާރާތް ރައީސް ޑރ.މުޢިއްޒު ހުޅުވައިދެއްވައިފި

ށ.ނޫމަރާ ކައުންސިލްގެ އާ އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ. މި އިމާރާތަކީ ނޫމަރާގައި ކައުންސިލުން ދެމުންދާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، އެކަމަށް ބޭނުންވާ އެކަށީގެންވާ ޢުމްރާނީ ވަސީލަތް ޤާއިމުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

3.9 މިލިއަން ރުފިޔާގެ ޚަރަދުގައި ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން، ށ.ނޫމަރާ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިމާރާތް ބައްލަވާލައްވާފައެވެ.

މި އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހިމެނެއެވެ. މީގެއިތުރުން، ކައުންސިލް ރައީސް، ކައުންސިލް ނައިބު ރައީސް، ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ވަކިވަކި ކެބިންތައް ޚާއްސަ ކުރެވިފައިވެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަކި މާލަމެއް މި އިމާރާތުގައި ޚާއްސަކުރެވިފައިވާކަން ފާހަގަކުރެވެއެވެ. މި އިމާރާތުގެ ސަބަބުން ރަށު ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން