ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ހާއްސަކޮށްފައިވާ ޒޯންތަކުގައި ޕާކްކުރާ ސައިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ހާއްސަކޮށްފައިވާ ޒޯންތަކުގައި ޕާކްކުރާ ސައިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފި

މާލޭގެ އެކި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ހާއްސަކޮށްފައިވާ ޒޯންތަކުގައި ޕާކްކޮށްފައިވާ ސައިކަލްތައް ނެގުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލޭގެ އެކި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ހާއްސަކޮށްފައިވާ ޒޯންތަކުގައި ޕާކްކޮށްފައިވާ ސައިކަލްތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ފުލުހުން އިތުރަށް ފާހަގަކޮށްފައިވަނީ، "މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ކަނޑައެޅިފައިވާ ޒޯންތަކަކީ އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ތަންތަން" ކަމަށާއި، އެއްވެސް ފަރާތަކުން އެތަންތަނުގައި ސައިކަލް ޕާކު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

މާލޭގެ މަގުތަކުން ކުއްޔަށް ދޫކޮށްފައިވާ ޕާކިން ސްލޮޓްތައް ކެންސަލް ކުރުމަށްފަހު، އެ ސްލޮޓްތައް އާންމުންނަށް ޕާކުކުރުމަށް ވަނީ ހުޅުވާލާފައެވެ. މިއީ މާލޭގެ ޕާކިންގ މައްސަލައަށް ހައްލެއް ހޯދުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މާލޭގައި އުޅަނދުފަހަރު ޕާކުކުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އެކި ފިޔަވަޅުތައް އަޅަމުންދާއިރު، ޕާކިންގ ޒޯންތައް ގަވާއިދާ ޚިލާފަށް ބޭނުންކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން