ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށް ނޫމަރާގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށް ނޫމަރާގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި

ށ. ނޫމަރާގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަޝްރޫޢަކީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ (މޭޖަރ ރިޓަޔަރޑް) މުހަންމަދު ނަޖާހު އަދި ށ. ނޫމަރާ ކައުންސިލުގެ ރައީސް އަލީ ރަބީޢު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސަރުކާރުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢު ނިމުމުން ނޫމަރާގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ތަފާތު ކުޅިވަރުތައް ކުޅެ، މުނިފޫހިފިލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ރަށުގެ ކުޅިވަރުގެ ދާއިރާއަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއްގެ ގޮތުގައި ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުން ހިމެނެއެވެ. މި މަޝްރޫޢަކީ އެ ވައުދުފުޅު ފުއްދުމަށް އެޅޭ އަނެއް ފިޔަވަޅެވެ.

މިއަދު އޮންލައިން