ސަރުކާރުގެ ސިޔާސަތަކީ ތަފާތުކުރުމެއް ނެތި ހުރިހާ ރަށަކަށްވެސް ކަންކަން ކޮށްދިނުން: ރައިސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސަރުކާރުގެ ސިޔާސަތަކީ ތަފާތުކުރުމެއް ނެތި ހުރިހާ ރަށަކަށްވެސް ކަންކަން ކޮށްދިނުން: ރައިސް

ސަރުކާރުގެ ސިޔާސަތަކީ ތަފާތުކުރުމެއް ނެތި ހުރިހާ ރަށަކަށްވެސް ކަންކަން ކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިލަދުންމަޑުލު އުތުރުބުރީ ނޫމަރާއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މާލޭގައި ހުންނަވައިގެން ކަންކަން ކުރެއްވުމުގެ ފުރުސަތު އެހެން ރައީސުންނެކޭ އެއްފަދައިން އެމަނިކުފާނަށްވެސް އޮތް ނަމަވެސް، އެއީ އެމަނިކުފާނު ކަންކުރައްވަން ބޭނުންފުޅުވާ ގޮތެއް ނޫނެވެ. އަދި ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށްޓަކައި ދައުރުގެ ތެރޭގައި ކޮންމެ ރަށަކަށް ދެފަހަރު ވަޑައިގަތުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަން ފާހަގަކުރެއްވިއެވެ.

"މިހާރު މިތަނަށް ކަމާބެހޭ ހުރިހާ މިނިސްޓަރުންނާއި އެމްޑީން ގޮވައިގެން އައިސް ހުރިހާ ކަމެއް އެއްވަގުތެއްގައި އެއްމޭޒެއްގެ ދަށުން، އެއް މީޓިން އަކުން ހައްލުކޮށްދީ. ސްކޫލު ކަމަށްވިޔަސް ފެނަކަ ކަމަށްވިޔަސް، ޑަބްލިއުޑީސީވިޔަސް ކައުންސިލްވިޔަސް އަދި އެހެން މުޢައްސަސާއެއް ވިޔަސް ހުރިހާ ބައްދަލުވުމެއް، އެއް ބައްދަލުވުމެއްގައި ހިނގަނީ،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ގާތަށް ވަޑައިގަތުމުން ރައްޔިތުންގެ ކަންބޮޑުވުންތައް ރަނގަޅަށް އެނގި، އެކަންކަން ހައްލުކުރުމަށް މަސައްކަތްތައް ފަސޭހައިން ރޭވިގެންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ ހަގީގީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރެއްވުމުގެ ނަމޫނާއެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން