ގޮއިދޫއިން ރައީސް އަށްހޫނު މަރުޙަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ގޮއިދޫއިން ރައީސް އަށްހޫނު މަރުޙަބާއެއް ދަންނަވައިފި

މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް މިއަދު ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ގޮއިދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވިއެވެ. މި ބައްދަލުވުމުގައި ގޮއިދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، އެ ރަށުގެ ކަންބޮޑުވުންތަކާއި ރައްޔިތުންގެ ޚިޔާލުތައް އަޑުއެއްސެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ގޮއިދޫގެ ތަރައްޤީއަށް އަމާޒުކޮށް ގިނަ މަޝްރޫޢުތަކެއް ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވޭސްޓް މެނޭޖްމެންޓް ސެންޓަރާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން އިމާރާތާއި، ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުތަކަކީ ގޮއިދޫގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން އައި މަޝްރޫޢުތަކެއް ކަމަށްވާއިރު، މި މަޝްރޫޢުތައް ފެށުމާއެކު ރަށުގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން