ގޮއިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ގޮއިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

މިލަދުންމަޑުލު އުތުރުބުރި ގޮއިދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.

ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގޮއިދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. މި ރަސްމިއްޔާތުގައި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

މި މުހިންމު ރަސްމިއްޔާތުގައި ކަނޑިތީމު ދާއިރާގެ މެންބަރާއި ގޮއިދޫ ކައުންސިލުގެ ރައީސްގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގޮއިދޫގައި ފުލުހުންގެ މަރުކަޒެއް ޤާއިމުކުރުމަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމެއްކަމަށް ބެލެވެއެވެ. އަދި މި މަރުކަޒު ޤާއިމުކުރުމުން އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.

މިއަދު އޮންލައިން