ބިލެތްފަހި އެއަރޕޯޓު ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމާ ހުޅުވޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ބިލެތްފަހި އެއަރޕޯޓު ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމާ ހުޅުވޭނެ: ރައީސް

ބިލެތްފަހި އެއަރޕޯޓު ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމާ ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވަމުން ރައީސް ވިދާޅުވީ، އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢުގެ މަސައްކަތްތައް ގިނަވެގެން ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

"އެއަޕޯޓް ތަރައްޤީގެ މަސައްކަތްތައް މުޅި މަޝްރޫޢު ގިނަވެގެން 2 އަހަރާއި ބައި ގައި ނިންމާނެ. މިމަސައްކަތް ދެން އެއްވެސް ވަރަކަށް މަޑުޖެހުމެއް ނެތް، ބާރު ސްޕީޑްގައި ކުރިއަށްދާނެ. ދެން ފެންނާނީ މިކަން ފުރިހަމަވެގެން ދާތަން،" ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ރައްޔިތުންނަށް ވަރަށް މުހިންމު މަޝްރޫޢެއް ކަމަށާއި، މީގެ ސަބަބުން ރަށުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ބިލެތްފަހީގެ އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް ކުރުމަށާއި ހިންގުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ކަމަށް ފާހަގަކުރެވެއެވެ. މި މަޝްރޫޢުގެ ސަބަބުން އުތުރުގެ ރައްޔިތުންނަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

މިއަދު އޮންލައިން