ސަމާލުކަން އިތުރުކުރަންޖެހޭ ކަމެއް!: ގޭގަކުރިޔަސް މިސްކިތުގަ ކުރިޔަސް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް ނަމާދުނުކުރާނަމަ ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ސަމާލުކަން އިތުރުކުރަންޖެހޭ ކަމެއް!: ގޭގަކުރިޔަސް މިސްކިތުގަ ކުރިޔަސް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް ނަމާދުނުކުރާނަމަ ކުރާނެ ފައިދާއެއް ނެތް!

ނަމާދުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ވަޤުތު ހޭދަކޮށް ބުރަ މަސައްކަތުން ނަމާދުކުރުމުގެ ބޭނުމަކީ އެއީއެވެ. ނަމަވެސް ހިތާމައަކީ ކިޔަމަންތެރިކަން ނުފެންނަ ގޮތަށް ނަމާދުކުރެވޭ ކަމެވެ.

ސަމާލުކަންދީގެން ދަރުސްތައް އަޑުއަހާ މީހުންނަށް އެނގޭނެއެވެ. ޢިލްމްވެރިން ދެއްވަވާ ދަރުސްތަކުގައި އެންމެ ގިނައިން ދައްކަވާނީ ވީހައި ފުރިހަމައަށް ނަމާދުކުރުމުގެ ވާހަކައެވެ. އެއީ އެކަމަށްވުރެ މުހިންމުކަމެއް ނުވަތަ ބޮޑުކަމެއް ނެތުމުންނެވެ.

ނަމާދުކުރަންވީ ގޮތް އަބަދުހެން ކިޔައިދިން ނަމަވެސް އަދިވެސް ގިނަ ބައަކަށް އެންމެ ބޮޑަށް ފަރުވާކުޑަކުރެވޭ އެއްކަމަކީ ނަމާދުކުރާ ސްޕީޑެވެ. ހަލުއިމިނެވެ. އެކަނިހުރެ ކުރާ ނަމާދުތައް ގިނަ ބައަކު ކުރަނީ އެމީހަކަށް ކުރެވުނު އެންމެ އަވަހަކަށެވެ.

ނަމާދަކީ ނަމާދަކަށް ނަމާދެއް ކުރާ އުޞޫލުން ކުރަން އޮތް ކަމެއް ނޫނެވެ. ރަކްއަތަކަށް ރަކްޢަތެއް ކުރުމަކުން އެއީ އަދި ނަމާދުކުރުމެއް ނޫނެވެ. ނަމާދު ކުރިކަމަށްވާނީ ރަސޫލް ﷺ ޞަހާބީންނަށް ދަސްފުޅުކޮށްދެއްވެވި ގޮތަށް ނަމާދުކުރުމުންނެވެ.

ނަމާދުގައި ކިޔާ ޛިކުރުތަކަކީ ﷲ ތަޢާލާ މަތިވެރިކުރުމަށް ކިޔާ ކިޔުންތަކެކެވެ. ދެންހުރީ ދުޢާތަކެވެ. ވީމާ އަވަސްއަރުވާލައިގެން ލިޔުމަކުން ނުފުދޭނެއެވެ. ކޮންމެ މަޤާމެއްގައިވެސް މަޑުކޮށްލައި ކިޔަމަންތެރިކަން އަދާކުރަންވާނެއެވެ.

މިސްކިތުގައި ކުރި ނަމަވެސް ގޭގައި ކުރިނަމަވެސް ނަމާދުކުރާއިރު މިކަންކަމަށް ސަމާލުކަންދޭށެވެ. ކުރާ ނަމާދު ނަމާދަކަށްވާނީ އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން