ޤަމަތް ދިނުމުގެ ކުރިން ފުރިހަމަކުރާނެ ވަޤުތު ނެތްނަމަ އިހުސުންނަތް ކުރަން ނުފަށާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޤަމަތް ދިނުމުގެ ކުރިން ފުރިހަމަކުރާނެ ވަޤުތު ނެތްނަމަ އިހުސުންނަތް ކުރަން ނުފަށާށެވެ!

ބައެއް މީހުން ވަޤުތުކުޑަތަންވެފައިވވަނިކޮށް މިސްކިތަށް އަރައި އިހުސުންނަތް ކުރަން ފަށައެވެ. އިމާމުން އެމީހާއަކަށް ނުބަލާނެއެވެ! ގަޑިޖެހުމުން ޤަމަތްދޭނެއެވެ. އެއީ އެކަން އެގޮތަށް ނުކޮށް އެންމެ މީހަކަށްޓަކައި ނުވަތަ ދެތިން މީހަކަށްޓަކައި މަޑުކޮށްފިނަމަ މިސްކިތަށް ކުރިން ގޮސްތިބި އެންމެންހެން ނުރުހޭނެތީއެވެ.

އިމާމް މީހާ ޤަމަތްދޭން އެންމެ މިނިޓަކަށްވެފައި ހުއްޓާ މިސްކިތަށް އަރައި ޙަރަމްބަނދެ ސުންނަތުގެ 2 ރަކްޢަތް ކުރަން ބައެއް މީހުން އެބަ މަސައްކަތްކުރެއެވެ. އެގޮތަށް އެކަން ނުކުރާށެވެ.

އިހު ސުންނަތް ކުރާނެ ވަގުތު ނެތްނަމަ މަޑުކޮށްލާފައި ޤަޟާކުރާށެވެ. އަދި އިހު ސުންނަތުގެ ފުރަތަމަ ރަކްޢަތް ކުރަމުން ދަނިކޮށް އިމާމް ޤަމަތް ދީފިނަމަ އެހިސާބުން ސުންނަތް ނަމާދު ދޫކޮށްލައި އަވަހަށް ޖަމާޢަތުގައި ބައިވެރިވާށެވެ. ނަމަވެސް ދެވަނަ ރަކްޢަތުގައި ހުރިނަމަ އިމާމް މީހާ ޙަރަމް ބަންނައިރަށް ތިމާގެ ނަމަދު އަވަސްމަގަކުން ނިންމައިލެވޭނެނަމަ ނިންމާލާފައި އަވަހަށް ތެދުވެ ޖަމާޢަތުގައި ބައިވެރިވާށެވެ. އިމާމް މީހާ ފުރަތަމަ ތަކްބީރުކިޔައި ޙަރަމް ބަނދެފިނަމަ ސުންނަތް ނަމާދުކުރަން ޙުރުމެއް ނެތެވެ.

މިއީ ބައެއް ޢިލްމްވެރިންގެ މެދުގައި ޚިލާފްވެސް ހުރި ކަމެކެވެ. ނަމަވެސް މިކަމުގައި އަހަރެން މިބުރަވީ ޝައިޚް ޢާޞިލް އަލްޙަކީމް އާއި އެނޫންވެސް ބައެއް ޢިލްމްވެރިން ދެއްވާފައިވާ ފަތުވާއަށެވެ. އަހުރެންނަށް އެންމެ ރަނގަޅުކަމަށް ޤަބޫލުކުރެވެނީ މިގޮތެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

--ޝައިޚް ޢާޞިމް އަލްޙަޚީމްގެ ފަތުވާ:

https://www.youtube.com/watch?v=_IXmegV-MFU

މިއަދު އޮންލައިން