ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅެއް!: ޖިންސީ ބަލިކަށިކަން ފިލުވަން ބޭސް ބޭނުންކުރި މީހަކަށް ހުރިހާ ގޮތަކުން ޖެހިފައިވާ ނިކަމެތިޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 24ސ
ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅެއް!: ޖިންސީ ބަލިކަށިކަން ފިލުވަން ބޭސް ބޭނުންކުރި މީހަކަށް ހުރިހާ ގޮތަކުން ޖެހިފައިވާ ނިކަމެތިޙާލުގެ ވާހަކަ-

ޢުމުރުގެ ތަފާތު ބޮޑުކޮށް ކައިވެނިކުރާ ގިނަބައަކަށް ނުއެނގިނަމަވެސް ހެދޭ ވަރަށް ބޮޑެތި ގޯސްތަކެއް އެބަހުއްޓެވެ. ޢިބްރަތެއްގެ ގޮތުން މީހަކަށް ދިމާވެފައިވާކަން ޔަޤީންކުރެވޭ ޙާލަތެއް ބަޔާންކޮށްލާނަމެވެ.

އެއީ ތަނަވަސް މީހެކެވެ. ޖިންސީ ގޮތުން ބަލިކަށިކަން އެނގިހުރެވެސް ދެވަނަ އަންތބަކަށް ކައިވެނިކުރީ އޭނާއަށްވުރެ 23 އަހަރު ހަގު އަންހެނަކާއެވެ. ކައިވެންޏަށް 10 އަހަރުވީއިރު އަތްތުރުތުރު އަޅާވަރުން ފެންތަށި އުފުލައިލެވެނީ ދެއަތުން ހިފައިގެންނެވެ.

އޭނާއަށް އެޙާލަތު މެދުވެރިވި ސަބަބު އޮޅުންފިލުވަން ކުރި ސުވާލުތަކުން އެނގުނީ ފުރަތަމަ ދުވަސްކޮޅު އެއްދާންކުރަން ބާރުގަދަ ބޭސްތައް ވަރަށް ގިނައިން ބޭނުންކުރި ކަމެވެ. ކުރިމަތިވާން ފެށި މައްސަލަތަކަށްފަހު ބޭސް ބޭނުން ނުކުރެވޭތާ 4 އަހަރު ވެއްޖެކަމެވެ. އެހެންވެ އެއްދާން ނުކުރެވޭތާވެސް އެހައިދުވަސްވެއްޖެ ކަމެވެ.

އެހަގު އަނބި ރުއްސަން ޚަރަދުކުރަމުން ގޮސް މިހާރުވަނީ އަތްމަތި ހުސްވެ ދަރަނިވެރިވެފައެވެ. ގެންގުޅުނު 2 މަސްދޯނިވެސް ވަނީ ވިއްކާލައިފައެވެ. ހުންނަން ޖެހެނީ އެއަނބިމީހާގެ އަޅެއްގެ ގޮތުގައެވެ.

މިއީ އެންމެ ދެކުނުގެ ރަށަކަށް ނިޞްބަތްވާ މީހަކަށް ކަންކަން ދިމާވެފައިވާ ގޮތެވެ. މިފަދަ ޙާލުގައި ތިބި އެތައްބައެއްގެ މަޢުލުމާތު ވަނީ ލިބިފައެވެ. އެހެންކަމުން އެދެނީ ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވައި ހޭލުންތެރިކަން އިތުރުކުރެއްވުމެވެ.

އަޅުގަނޑަކީވެސް ވީހާ ގިނައިން ހެޔޮ ޢަމަލުތައްކޮށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެވޭތޯ މަސައްަތްކުރާ މީހަކީމެވެ. ފަރުޟު 5 ނަމާދު ޖަމާޢަތުގައިކޮށް ވެވުނުވަރަކުން މިސްކިތުގައި ވަގުތުހޭދަކުރަން މަސައްކަތްކުރާ މީހަކީމެވެ. އަދި މީހުންގެ ބޭނުންތައްވެސް ވެވުނު ވަރަކުން ފުއްދައިދޭ މީހަކީމެވެ.

އަޅުގަނޑުގެ 5 ފިހާރަހުރެއެވެ. ވިޔަފާރިވެސް ރަނގަޅެވެ. މަސައްކަތްވެސް ކުރިއަށްދެއެވެ. ނަމަވެސް އަތުގައި ފައިށާ ހަރުލާނެ ގޮތެއް ނުވެއެވެ. ފައިސާކޮޅެއް ޖަމާވާއިރަށް ކޮންމެވެސް ބޮޑުކަމެއް ޖެހި އޮންނަނީ ދަރަނިވެރިވާންޖެހިފައެވެ. މިކަންކަން ދިމާވާންފެށީ މީގެ އަހަރެއްހައި ދުވަސްކުރިންނެވެ.

އަޅުގަނޑު ޢާންމުކޮށް ނަމާދަށްއަރާ މިސްކިތުގެ އިމާމަކީ ދީނީ ޢިލްމުވެރިއެކެވެ. ދަރުސް ދެއްވުމުގެ އިތުރުން މީހުންނަށް ބޭނުންވާ ލަފާވެސް ދެއްވާ ޢިލަމްވެރިއެކެވެ. އެހެންވެ މިސްކިތުގެ އިމާމް ޢާއި މަޝްވަރާކޮށްލީމެވެ. އަޅުގަނޑަށް ކުރިއެރުން ނުލިބޭ ސަބަބާއިމެދުގައެވެ.

އިމާމްގެ ފުރަތަމަވެސް ސުވާލަކަށްވީ ކިތަންމެ ކުޑަކަމަކަށް ނަމަވެސް ނުވަތަ އެއްވެސް ޙަރާމް ކަމަކަށް ފައިސާ ޚަރަދުކުރަންތޯއެވެ؟ ޚަރަދުކުރަންޖެހޭ އެއްވެސް މީހަކަށް ޚަރަދުނުކޮށް އޮންނާނެތޯއެވެ. ޖަވާބުގައި އަޅުގަނޑު ބުނީ ޚަރަދުކުރަންޖެހޭ އެންމެންނަށް އިތުރަށްވެސް ޚަރަދުކުރާކަމަށެވެ. ކަމަކަށް ނުއެދުނު ނަމަވެސް އެހީތެރިވާކަމަށެވެ. އަދި ޙަރާމް ކަމަކަށް ފައިސާ ޚަރަދުނުކުރާ ކަމަށެވެ.

އިމާމަށް އެކަން ޤަބޫލެއް ނުކުރެއްވުނެވެ. ވިދާޅުވީ ފާއިތުވި 2، 3 އަހަރު ކުރެވުނު ޚަރަދުތަކަށް ރަނގަޅަށް ވިސްނުމަށްފަހު ބައްދަލުކުރުމަށެވެ. އަޅުގަނޑަކީ ކިތަންމެ ކުޑަ ޚަރަދެއްކުރިނަމަވެސް ނޯޓްކުރާ މީހަކީމެވެ. އެހެންވެ ވަރަށް ރަނގަޅަށް ބެލުމަށްފަހު އިމާމަށް ދެންނެވީމެވެ.

"އަޅުގަނޑު މީގެ 2 އަހަރުވަރުކުރިން މިއުޅެނީ އަޅުގަނޑަށްވުރެ 20 އަހަރު ހަގު އަންހެނަކާއި ކައިވެނިކޮށްގެންނެވެ. ދެމީހުންގެ ޙާލަތު ތަފާތުކަމުން އަޅުގަނޑަށް ބޭނުންވާ ބާރު ހޯދަން ބޭސް ގަންނަމެވެ. އަދި އަނބިމީހާއަށް ބައެއް އާލާތް (ސެކްސް ޓޯއީސް) ގަނެދެމެވެ. އެނޫން އެއްވެސް ބޭކާރު ޚަރަދެއް ނުކުރަމެވެ. އެއީ ނުބައި ކަމަކަށްވާނެތޯއެވެ؟"

ޖަވާބުގައި އިމާމް ވިދާޅުވިއެވެ. "ތިއަކުރެވެނީ ކަނޑައެޅިގެން ކުރުން ޙަރާމް ޚަރަދެކެވެ. އަދި ބޮޑު ފާފައެކެވެ. ފުރަތަމަ ކަމަކީ ބަލިނަމަ ޑޮކްޓަރުންނަށް ދައްކައިގެން ބޭސްކުރާނީއެވެ. އެއިގެ އިތުރުން ތިއަ ބޭނުންކުރާ ބޭސްތަކަކީ ހަށިގަނޑަށް ގެއްލުންދޭނެ ބޭސްތަކެކެވެ. ނާރުތަކުގެ ބާރު ދެރަވުމާއި ސްޓްރޯކް ޖެހުން ފަދަ ކަންކަން ވެސް މެދުވެރިވާ ކަމެކެވެ. އަދި މިނޫންވެސް ތަފާތު އެތައް މައްސަލަތަކެއް ކުރިމަތިވާ ކަމެކެވެ. ވީމާ އެއީ އަމިއްލަ ނަފްސަށް ދެވޭ ވަރަށް ބޮޑުއަނިޔާއެކެވެ. އަމިއްލަ ނަފްސަށް ގެއްލުން ލިބޭ، ފުރާނައަށް ގެއްލުން ލިބޭ ކޮންމެ ކަމެއް ޙަރާމެވެ. ވީމާ އެކަން ވާނީ ކަނޑައެޅިގެން ޙަރާމް ކަމަކަށެވެ.

ބާރުގަދަކުރަން ބޭސް ކެއުމަކީ ޙަރާމްކަމެއްކަމަށް ފޮތެއްގައި ލިޔެފައި ނެތިދާނެއެވެ. ނަމަވެސް އަމިއްލަ ނަފްސަށް ގެއްލުންދިނުން ޙަރާމްކަމަށް ޤުރްއާނުގައި އެބައޮތެވެ. ވީމާ އެކަމަށް އިތުރު ފަތުވާއެއް ބޭނުމެއް ނުވާނެއެވެ.

ދެންއޮތީ ތިއަގަންނަ ޓޯއީސްތަކެވެ. އެތަކެތި ބޭނުންކުރާއިރު އެމީހަކަށް ލައްނަތް ލެއްވެވުން އެދި މަލާއިކަތުން ދުޢާކުރައްވަވާނެތެވެ. ދަލީލަކީ އަމިއްލައަށް ޖިންސީ އެދުން ފުއްދާއިރު އެމީހަކަށް ލަޢްނަތް ލެއްވެވުން އެދި މަލާއިކަތުން ދުޢާކުރައްވަވާ ކަމެކެވެ.

ވީމާ ތިއަ ކުރެވެނީ ބޮޑު ދެފާފައެވެ. އަވަހަށް އެކަންކަން ކުރުން ހުއްޓާލާށެވެ. ދެން އޮތީ އަނބިމީހާގެ މައްސަލައެވެ. އަނބިމީހާ ތިބާދެކެ ލޯބިވާނަމަ ތިބާގެ ހަށިގަނޑަށް ގެއްލުން ލިބޭނެ ބޭސް ފަދަ ތަކެތި ކާން ހިތްވަރެއް ނުދޭނެއެވެ. މަނާވެސް ކުރާނެއެވެ. ޓޯއީސް ބޭނުމެއް ނުވާނެއެވެ. ވީމާ މިކަންކަން ވިސްނައިދޭށެވެ. ޤަބޫލުނުކުރިނަމަ ދޫކޮށްލާށެވެ.

ތިބާ ތިއަ ދުޢާކުރަނީ ތަނަވަސްކަމަށެވެ. ހެޔޮ ރަޙްމަތަށެވެ. ތަނަވަސްކަން ދެއްވެވުމުން ޙަރާމް ކަންކަމަށް ޚަރަދުކުރީމާ ދެންވާނީ ކިހިނަކުންހެއްޔެވެ؟ ތަނަވަސްކަން ލިބުނު ނަމަވެސް އެއިގައި ބަރަކާތް ނުލައްވަވާނަމަ ކުރާނެ ފައިދާއެއް ނެތެވެ.

ވީމާ މިކަންކަން އިޞްލާޙްކުރާށެވެ! ނުއެނގި ހުރެ ނަމަވެސް ތިއަވަނީ ފާފަތަކެއް ކުރެވިފައެވެ. ކުރެވުނު ފާފަތަކަށް އަވަހަށް ތައުބާވާށެވެ! ހެޔޮ ބަދަލުތައް ފެންނަން ފަސާނެއެވެ. އިން ޝާ ﷲ"

އިމާމްގެ ނަޞޭޙަތް ޤަބޫލުކޮށް އިމާމް ބުނި މަގުން ޢަމަލުކުރަން ފެށީމެވެ. އަނބިމީހާވެސް އެކަންކަން ޤަބޫލުކުރިއެވެ. ނަތީޖާވެސް ފެނުނެވެ. ޖެހިގެން އައި އަހަރު ޒަކާތަށް ކުރީއަހަރަށްވުރެ ތިންބައިކުޅައެއްބައި އިތުރަށް ދައްކަން ޖެހުނެވެ.

--ޔޫސުފް ޢަބްދުﷲ ޗައުދްރީ / ކަރާޗީ / ޕާކިސްތާން

މިއަދު އޮންލައިން