މި 2 ޙަދީޘްފުޅަށް ވިސްނާ މީހަކު ތަނަވަސްކަމަށް ދަހިވެތިވާކަށްވެސް މަޝްހޫރުވާކަށްވެސް ބޭނުމެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މި 2 ޙަދީޘްފުޅަށް ވިސްނާ މީހަކު ތަނަވަސްކަމަށް ދަހިވެތިވާކަށްވެސް މަޝްހޫރުވާކަށްވެސް ބޭނުމެއް ނުވާނެ!

ގިނަ ބައަކު މިއަދު އެންމެ ބޮޑަށް ދަހިވެތިވަނީ ތަނަވަސްކަމަށާއި މަޝްހޫރުވުމަށެވެ. އެހެންކަމުން ވިސްނައިލުން މުހިންމު 2 ހަދީޘްފުޅެއް ފާހަގަކޮށްލާނަމެވެ.  

ރަސޫލް ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ބަނޑުހައިވެގެން ތިބި 2 ހިޔަޅު ވީއްލިފައިވަނިކޮށް ބަލަހައްޓާނެ މީހަކު ނެތި އޮތް ބަކަރި އައިނެއް ފަދަ ޖަނަވާރުތަކެއް ފެނިއްޖެނަމަ އެ ޖަނަވާރުތަކަށް ދޭނެ ގެއްލުން ހިތަށް ގެނެސްބަލާށެވެ."  

ހިޔަޅަކީ ސިންގާތަކާއިވެސް ޚިލާފަށް ކާންބޭނުންވާވަރަށްވުރެ ގިނަ ތަކެއްޗަށް ގެއްލުންދޭ އެއްޗެކެވެ. އަދި ތަކެއްޗަށް ގެއްލުން ދިނުމުގައި ހައްދުފަހަނައަޅާފައިވާ އެއްޗެކެވެ. ހިޔަޅުގެ ކިބައިން ތަކެތި ސަލާމަތްކުރަން ދަނޑުވެރިން/ ބަކަރި ގެންގުޅޭ މީހުން ކުއްތާވެސް ބައިތިއްބައި އެހައި ބޮޑު ސަމާލުކަމެއް ދެނީ އެ ސަބަބަށްޓަކައެވެ.   

އަދިވެސް ޙަދީޘްފުޅުގެ މާނައިގައިވެއެވެ. "މީހަކު ތަނަވަސްކަމަށާއި މަޝްހޫރުވުމަށް ދަހިވެތިވެއްޖެނަމަ އެމީހެއްގެ ކިބައިން ދީނަށް (އިސްލާމް ދީނަށް) ލިބޭނެ ގެއްލުން، ކުރިން މިބަޔާންކުރި ޙާލަތުގައި އެ 2 ހިޔަޅުގެ ކިބައިން ބަކަރިތަކަށް ލިބޭނެ ގެއްލުމަށްވުރެ މާބޮޑުވާނެއެވެ."  

މީސްތަކުންނޭވެ! ފައިސާއަށް ދަހިވެތިވުމާއި އަދި ތިމާގެ މަޝްހޫރުކަން އިތުރުކުރަން ހިތުގައި ޝައުޤުވެރިކުރުވުމަކީ ހިތުގައި މިބަޔާންކުރި ފަދަ 2 ހިޔަޅު ގެންގުޅުން ފަދަކަމެކެވެ. އެ 2 "ހިޔަޅު" އަހަރެމެންގެ ދީން ނަގައިލުވާނެއެވެ. ދީނަށް ބޮޑެތި ގެއްލުންތައް ދޭނެކަމުގެ ބިރުބޮޑެވެ! 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން