ބަލިވުމުން ޝިފާ ހޯދަން ޢަމަލުކުރަން އޮތް އެންމެ ކާމިޔާބު މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 12ސ
ބަލިވުމުން ޝިފާ ހޯދަން ޢަމަލުކުރަން އޮތް އެންމެ ކާމިޔާބު މަގު-

ބައްޔެއް ވެއްޖެނަމަ ކޮންމެ މީހަކުވެސް ބޭނުންވާނީ ވީހާއަވަހަކަށް ޝިފާ ލިބުމަށެވެ. ބައެއް މީހުންނަށް ބައެއް ފަހަރު ބޮޑެތި ބަލިތަކުގައިވެސް ވަރަށް އަވަހަށް ޝިފާލިބެއެވެ. އަނެއްބައި ފަހަރު ކުޑަކުޑަ ބައްޔަކަށް ޝިފާ ނުލިބި އެތައް ދުވަހަކަށް ދިގުލައިވެސް ހިނގައިދާނެއެވެ. އެކަމުން އެނގެނީ ޝިފާ ލިބުމުގައި އަހުރެމެންނަށް އަދި ޑޮކްޓަރުންނަށްވެސް އެއްވެސް ބާރެއް ނުފޯރުވޭ ކަމެވެ. ޝިފާލިބެން އޮތީ ﷲ ތަޢާލާ ޝިފާ ދެއްވެވުމުން ކަމެވެ.    

މިއަދުގެ ޙާލަަތށް ބަލާއިރު ގނަ ބައކަށް މިވަނީ ބަލިވުމުން ޝިފާ ލިބޭ މަގުވެސް އޮޅިފައެވެ. ސަބަބުވެސް އޮޅިފައެވެ. ޝިފާ ލިބުމަށްޓަކައި ތިމާ އަދާކުރަންޖެހޭ ދައުރުވެސް އޮޅިފައިވާތީ މހިންމު ބައެއް ކަންކަން ހަނދުމަކޮށްލައިދޭނަމެވެ.    

މުޞީބާތްތަކާއި ބަލިތައް ކުރިމަތިވާހިނދު ކެތްތެރިވުމާއެކު، އެކަމުން ސަލާމަތްވުމަށްޓަކައި ކަނޑައެޅިފައިވާ ސަބަބުތަކުގައިހިފުމަކީވެސް އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށް ބުނާއިރަށް ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެދައްކަނީ ޑޮކްޓަރުންނާ އެމީހުން ދޭ ބޭހުގެ ވާހަކަކަމަށެވެ. 

ސަބަބުތަކުގައި ހިފުމަށް ފުރަތަމަ ވެސް ކުރަންޖެހޭ ކަމަކީ ޝިފާ ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރުމެވެ. ހޮސްޕިޓަލަށް ދިއުމުގެ މަރުޙަލާ ގެންނަންޖެހޭ ދުޢާކުރުމަށްފަހުގައެވެ. އަދިކީއްހެއްޔެވެ؟ ތަނަވަސްކަންހުރި ނަމަ ފަޤީރުންނަށް އެހީތޔެރިވުމަށް ޞަދަޤާތްވެސް ކޮށްފައެވެ.  

. يَا عِبَادَ اللهِ تَدَاوَوْا فَإِنَّ اللهَ عَزَّ وَجَلَّ لَمْ يَضَعْ دَاءًا إِلاَّ وَضَعَ لَهُ شِفَاءًا غَيْرَ دَاءٍ وَاحِدٍ قَالُوْا وَمَا هُوَ يَا رَسُوْلَ اللهِ قَالَ الْهَرَمُ قَالُوا يَا رَسُوْلَ اللهِ مَا خَيْرُ مَا أُعْطِيَ الإِنْسَانُ قَالَ خُلُقٌ حَسَنٌ  

"އޭ ﷲގެ އަޅުތަކުންނޭވެ! (ބަލިވުމުން) ބޭސްކުރާށެވެ. ފަހެ ހަމަކަށަވަރުން އެންމެބައްޔެއް ފިޔަވައި އެހެން ހުރިހާބައްޔަކަށް ﷲ ތަޢާލާވަނީ ބޭހެއްލައްވާފައެވެ. ދެންނެވުނެވެ. އޭ ﷲގެރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްއެވެ. އެއީ ކޮންބައްޔެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. މުސްކުޅިވުމެވެ. ދެންނެވުނެވެ. އޭ ﷲގެރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްއެވެ. އިންސާނަކަށް ލިބިފައިވާ އެންމެރަގަޅު އެއްޗަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ރިވެތި އަޚްލާޤެވެ." 

އެހެން ރިވާޔަތެއްގައިވާގޮތުން ފަރުވާއެއްނުވާ ހަމައެކަނިކަމަކީ މަރެވެ. 

މިޙަދީޘުން އަޅުގަނޑުމެންނަށް އެނގިގެންދަނީ ބައްޔެއްކުރިމަތިވުމުން ފަރުވާހޯދުމުގެ މުހިންމުކަމެވެ. ނަމަވެސް ފަރުވާހޯދަން މަސައްކަތްކުރަމުންދާއިރު އަޅުގަނޑުމެން އަބަދުވެސް ހަނދާން ކުރަންޖެހޭ ޙަޤީގަތަކީ ފަރުވާ ނުވަތަ ޝިފާއަކީ ޑޮކްޓަރުގެ މޮޅުކަމުން ނުވަތަ ބޭހުގެ މޮޅުކަމުން ލިބޭއެއްޗެއްނޫންކަމެވެ. އެބޭހަކީ އަޅުގަނޑުމެންނަށް ޝިފާލިބުމަށްޓަކައިވާ ސަބަބެއްކަމެވެ. އަދި ވަސީލަތެއްކަމެވެ. އެހެނަސް ޝިފާދެއްވަނީ ﷲތަޢާލާކަމެވެ. ﷲ ތަޢާލާވަޙީކުރައްވާފައިވެއެވެ 

. وَإِذَا مَرِضْتُ فَهُوَ يَشْفِينِ  

"(އިބްރާހިމް ޢަލައިހިއްސަލާމްވިދާޅުވިއެވެ.) ތިމަންކަލޭގެފާނު ބަލިވުމުން ޝިފާދެއްވަނީ ﷲތަޢާލާއެވެ." 

. ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ  

. لِكُلِّ دَاءٍ دَوَاءٌ فَإِذَا أُصِيبَ دَوَاءُ الدَّاءِ بَرَأَ بِإِذْنِ اللَّهِ عَزَّ وَجَلَّ   

" ކޮންމެބައްޔަކަށްވެސް ފަރުވާއެއްވެއެވެ. ފަހެ އެބައްޔަކަށްވާ ފަރުވާއަކާއި ދިމާވެއްޖެނަމަ ﷲގެ އިޒުނަފުޅާއެކު ޝިފާލިބޭހުއްޓެވެ."

 

- މައުލޫމާތު: ދިސަލަފިއްޔާ

 

 

މިއަދު އޮންލައިން