މާޔޫސްވާކަށް ނުޖެހޭ!: ފާފަކުރެވުނަސް ސުވަރުގެ ވައްދަވާނެ ގޮތަށް ޢަމަލުކުރެވެން އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
މާޔޫސްވާކަށް ނުޖެހޭ!: ފާފަކުރެވުނަސް ސުވަރުގެ ވައްދަވާނެ ގޮތަށް ޢަމަލުކުރެވެން އެބައޮތް!

ފުރަތަމަ ކަމަކީ ފާފަކުރެވޭ މީހުންނާއި ފާފަކުރާ މީހުންނަކީ މުޅިން ތަފާތު ދެބައެއް ކަމެވެ. ކިތަންމެ ރަނގަޅު މީހަކަށްވެސް ފާފައެއް ކުރެވިދާނެއެވެ. އެއިރުން އަދި އެމީހަކީ ފާފަކުރާ މީހަކަށް ނުވެއެވެ. ފާފަކުރާ މީހަކަށްވާނީ ބިރެއްނެތި ފާފަކުރަމުން ގެންދާ މީހުންނެވެ. 

ކޮންމެ މީހަކަށްވެސް ނުބައި ޢަމަލުތައް ކުރެވޭނެ އިރު މިޒަމާނުގައި ނުބައި ޢަމަލުތައް ކުރެވޭ މިންވަރު ގިނަވާނެ ކަމަށާއި ނުބައި ޢަމަލުތައް ކުރެވުނީމާ ސުވަރުގެ ނުވައްދަވާނެކަމަށް ބުނެ ދައްކާ ވާހަކަތަކުގެ އަޑު ނުއަހާށެވެ! 

ﷲ ތަޢާލާއީ އެންމެހައި ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. މީސްތަކުންގެ މައްޗަށް ދީލަތިވަންތަ ރަޙޫމްކުރައްވަވާ ރަސްކަލާނގެއެވެ. އެހެންވީމާ ﷲ ތަޢާލާ ވަނީ އަހުރެމެންނަށް ކުރެވޭ ފާފަތައް ފުއްސަވައިދެއްވަވާނެ މަގު ވަރަށް ފުޅައުކޮށް ތަނަވަސްކޮށްދެއްވަވައިފައެވެ. 

ނުބައި ޢަމަލެއް ކުރެވުމުން އޮތީ ވިއްދައިގެން ހެޔޮ ޢަމަލެއް ކުރުމެވެ. އެއިރުން ލިޔުއްވަވާނީ 1 ނުބައި ޢަމަލުކުރިމަކަށެވެ. އަދި ކުރި ހެޔޮ ޢަމަލުގެ ދަރުމަ މަދުވެގެން 10 ގުނައަށް އިތުރުކުރައްވަވައި ދެއްވަވާނެތެވެ. 

ހަމައެއާއިއެކު ހެޔޮ ޢަމަލުތައް ކަމުގައި ލިޔުއްވަވަނީ ހަމައެކަނި ބޮޑެތި ޢަމަލުތަކެއްވެސް ނޫނެވެ. لاَ إِلَهَ إِلاَّ اللَّهُ ކިޔުމަކީ އެންމެ މަތިވެރި އަޅުކަމެވެ. (އެންމެ މަތިވެރި ޛިކުރެވެ.)  سُبْحَانَ اللَّهِ ،الْحَمْدُ لِلَّهِ ، اللَّهُ أَكْبَرُ ކިޔުމަކީވެސް އަޅުކަމެވެ. މީހަކަށް ހިނިތުންވެލުމަކީވެސް އަޅުކަމެވެ. ކިތަންމެ ކުޑަކުޑަ މިންވަރަކުންނަވެސް ޞަދަޤާތެއް ދިނުމަކީވެސް އަޅުކަމެކެވެ.

ވީމާ ތިމާއަށް ފާފަކުރެވޭތީ ކަންބޮޑުނުވާށެވެ. މީގެމާނައަކީ ފާފަކުރާށޭ ބުނުމެއް ނޫނެވެ. ފާފަކުރުމާއި ފާފަކުރެވުމަކީ ތަފާތު ދެކަމެކެވެ.

އެމީހެއްގެ ކިބައިގައި އިޚްލާޞްތެރިކަން ހުރިނަމަ ، ފާފައެއް ކުރެވުމުން ވިއްދައިގެން ހެޔޮ ކަމެއް ކުރާނަމަ ސުވަރުގެ ވައްދަވާނެތެވެ. ވީމާ މީހުން ދައްކާ އެފަދަ ވާހަކަތަކަށް ސަމާލުކަން ނުދޭށެވެ. އިޚްލާޞްތެރިކަމާއިއެކު ސުވަރުގެ ވަންނަން މަސައްކަތްކުރާށެވެ. މާޔޫސްވުމެއް ނެތެވެ. އިން ޝާ ﷲ

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން