ށ. ފޭދޫގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ށ. ފޭދޫގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި

ށ. ފޭދޫގައި ސަރުކާރުން އަލަށް އިމާރާތްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަޝްރޫޢަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ޝަރަފުވެރިކޮށްދެއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢުއާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް އަދި ފޭދޫ ކައުންސިލުގެ ރައީސެވެ.

މި ރަސްމިއްޔާތަކީ ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޭދޫއަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ށ. އަތޮޅަށް ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމަކީ ރަށުގެ ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގެ ޒުވާނުންނަށް ހަށިހެޔޮކަމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން