ފީވަކަށް ރައީސް ވަޑައިގަތުމުން ހޫނު މަރުހަބާއެއްދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ފީވަކަށް ރައީސް ވަޑައިގަތުމުން ހޫނު މަރުހަބާއެއްދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ށ. ފީވަކަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިއީ މިއަދު ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރެއްވި ދެވަނަ ރަށެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ފީވަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއްގެ މަސައްކަތް ފެއްޓެވުމަށް ހަމަޖެހިފައެވެ. މީގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ފުލުހުންގެ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ އިތުރުން ރަށުގެ ސްކޫލްގެ ކްލާސްރޫމް އިމާރާތުގެ ބިންގާ އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، އަދި ރަށުގެ އެކި މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފީވަކުގެ އާންމު ރައްޔިތުންނާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ވެސް ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެދިވަޑައިގަންނަވާ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ.

މިއަދު އޮންލައިން