ސްރީ ލަންކާގެ ހައި ކޮމިޝަނަރ އެމް.ކިޔު.އޭއަށް ޒިޔާރަތްކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ސްރީ ލަންކާގެ ހައި ކޮމިޝަނަރ އެމް.ކިޔު.އޭއަށް ޒިޔާރަތްކުރައްވައިފި

ސްރީ ލަންކާގެ ހައި ކޮމިޝަނަރ، ހިޒް އެކްސެލެންސީ، މުޙައްމަދު ރިޒްވީ ހަަސަން ވަނީ މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ޒިޔާރަތްކުރައްވައި، އެ އޮތޯރިތީގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ސްރީ ލަންކާގެ ދަޢުލަތާއި ދިވެހި ދަޢުލަތާއި ދެމެދުގައި އޮންނަ ގުޅުންބަދަހިކުރުމުގެ އިތުރުން ދެ ފަރާތުން މަތީ ތަޢުލީމީ ދާއިރާއަށް ކުރިއެރުން ހޯދައިދިނުމަށް ކުރެވިދާނެ މަސައްކަތްކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރުމެވެ. އެގޮތުން، ދެ ޤައުމުގެ ފަރާތުން ވެސް ކުއަލިޓީ އެޝުއަރެންސްއާއި ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ވަނީ ހިއްސާކުރެވިފައެވެ.

މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ފަރާތުން އެ އޮތޯރިޓީގެ ސީ.އީ.އޯ، މަރްޔަމް ފިޒާނާ ރަޝީދު، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން، އައިމިނަތު ޝަޝީގެ އިތުރުން އެމް.ކިޔު.އޭގެ ބައެއް އިސް ބޭފުޅުން ވެސް މި ބައްދަލުވުމުގައި ވަނީ ބައިވެރިވެވޑައިގަންނަވައިފައެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން