ރާއްޖޭގެ ކަނޑު މަހަށް އިނގިރޭސިވިލާތުން ނަގަމުންދާ ޑިއުޓީ ކުޑަކޮށްދީފައިވާކަމަށް ކުރީގެ ސަރުކާރުން ބުނިނަމަވެސް އެކަމެއް ނުކުރޭ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ރާއްޖޭގެ ކަނޑު މަހަށް އިނގިރޭސިވިލާތުން ނަގަމުންދާ ޑިއުޓީ ކުޑަކޮށްދީފައިވާކަމަށް ކުރީގެ ސަރުކާރުން ބުނިނަމަވެސް އެކަމެއް ނުކުރޭ: ވަޒީރު

ރާއްޖޭގެ ކަނޑު މަހަށް އިނގިރޭސިވިލާތުން ނަގަމުންދާ ޑިއުޓީ ކުޑަކޮށްދީފައިވާކަމަށް ކުރީގެ ސަރުކާރުން ބުނިނަމަވެސް އެކަން ކޮށްފައިނުވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ވަޒީރު ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މަޝްވަރާކޮށްގެން މަހުން ނަގަމުންދިޔަ ޓެރިފް ކުޑަކުރި ކަމަށް މެންބަރު މީކާއިލް ވިދާޅުވެފައިވީ ނަމަވެސް، އެއީ ސަރުކާރަކާއެކު ކުރެވުނު މަޝްވަރާއަކާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ.

"ބްރެކްޒިޓްގެ ކުރިން އިނގިރޭސިވިލާތުން ނަގަމުން ދިޔައީ 24 ޕަސަންޓު ޓެރިފެއް. މިހާރު ނަގަމުން ދަނީ 20 ޕަސަންޓުގެ ޓެރިފެއް. މިއީ ޕްރިފަރެންޝަލް އެގްރިމެންޓެއް ނެތް ހުރިހާ ޤައުމަކަށް، އެ ޤައުމުން ނަގާ ޓެރިފް،" ވަޒީރު ވިދާޅުވިއެވެ.

އަދި ވަޒީރު އިތުރަށް ވިދާޅުވީ، "ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށާނެ ކަމުގެ ޔަޤީންކަމެއް އިނގިރޭސި ސަރުކާރުން ދިން ކަމުގެ މަޢުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ އެއްވެސް ލިޔެކިއުމެއްގައި ނެތް" ކަމަށެވެ.

މި މައްސަލައިގައި ކުރީގެ ސަރުކާރުން ދައްކާފައިވާ ވާހަކަތަކާއި މިހާރުގެ ސަރުކާރުން ދައްކާ ވާހަކަތަކުގައި ފާހަގަކުރެވޭ ތަފާތުތަކާ ގުޅިގެން، މި މައްސަލަ އިތުރަށް ސާފުކުރުމަށް މަޖިލީހުގެ މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން