ފޭދޫ ހޭންޑް ބޯޅަ ކޯޓުގެ މަސައްކަތާއި ފުޓްސަލް ދަނޑުގެ ޕިޗް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިޔަަށް ގެންދާނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ފޭދޫ ހޭންޑް ބޯޅަ ކޯޓުގެ މަސައްކަތާއި ފުޓްސަލް ދަނޑުގެ ޕިޗް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިޔަަށް ގެންދާނަން: ރައީސް

ށ.ފޭދޫ ހޭންޑް ބޯޅަ ކޯޓުގެ މަސައްކަތާއި ފުޓްސަލް ދަނޑުގެ ޕިޗް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިޔަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ފޭދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މި ވާހަކަ ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ހޭންޑް ބޯޅަ ކޯޓުގެ މަސައްކަތުގެ އިތުރުން މިހާރު ހުރި ފުޓްސަލް ދަނޑުގެ ޕިޗް ބަދަލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވިއެވެ.

"ހަވާލުކޮށްދޭނަށް އެ ޓާފް ބަދަލުކުރުމުގެ މަސައްކަތާއި ދަނޑުގެ މިހާރު ނިންމަން އެބަހުރި ބައެއް މަސައްކަތް. އޭގެ އިތުރަށް ޓާފް ނިންމުމަށް ކުރަންހުރި މަސައްކަތްތަކުގެ އިތުރަށް ލައިޓް ޖެހުމާއި ރޮސްޓްރޮމްގެ މަސައްކަތް ހެދުމުގެ މަސައްކަތްވެސް މިއަހަރު އަޅުގަނޑުމެން ބަޔަކާއި ހަވާލުކުރާނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުޅިވަރުގެ ދާއިރާއިން މިއަދު ބިންގާ އެޅުނު ފިޓްނެސް ސެންޓަރުގެ އިތުރުން، ފޭދޫގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ރޭވިފައިވާ އެހެނިހެން މަޝްރޫޢުތައްވެސް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ފޭދޫގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން މިގެންދަވާ މަސައްކަތްތަކަކީ އެރަށުގެ ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށާއި، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

މިއަދު އޮންލައިން