ފޯކައިދުއަށް ރައީސް ވަޑައިގަތުމުން ހޫނުމަރުހަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ފޯކައިދުއަށް ރައީސް ވަޑައިގަތުމުން ހޫނުމަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ށ. ފޯކައިދުއަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިއީ މިއަދު އެމަނިކުފާނު ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ވަޑައިގެންނެވި ތިންވަނަ ރަށެވެ.

ފޯކައިދޫގައި މިވަގުތު ކުރިއަށްދާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ މަސައްކަތާއި، ފުލުހުންގެ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި ދެ މަޝްރޫޢުގެ ބިންގާ އެޅުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

މީގެއިތުރުން، ރަށުގައި ކުނި މެނޭޖުކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ. މި މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ގެނެސްދޭނެ މުހިންމު މަޝްރޫޢުތަކެއް ކަމުގައި ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފޯކައިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށުގެ އެކި މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ވެއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށާއި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަދު އޮންލައިން