ކޮމަންޑޫ އައިސް ޕްލާންޓެއް ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކޮމަންޑޫ އައިސް ޕްލާންޓެއް ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫގައި އައިސް ޕްލާންޓެއް ޤާއިމްކުރުމަށްޓަކައި އެތިއޮން ޕްރައިވެޓް ލިމިޓެޑާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެވުނެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު، އަހުމަދު ޝިޔާމް އެވެ. އަދި އެތިއޮން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރ ކިޔާޝަތު ޢަބްދުﷲ އެވެ.

މި އައިސް ޕްލާންޓް ޤާއިމްކުރުމަކީ އެ ސަރަހައްދުގެ މަސްވެރިކަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭ އައިސް ޕްލާންޓަކީ އެ ސަރަހައްދުގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ވަސީލަތަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން