ދުނިޔޭގެ ހުރިހާ ވެރިން އަމުރުކުރިޔަސް ﷲ ތަޢާލާއާ ރަސޫލް ޞޢޥ އެންގެވި އެންމެ ކަމަކާވެސް ޚިލާފްވެގެން އާޚިރަތެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ދުނިޔޭގެ ހުރިހާ ވެރިން އަމުރުކުރިޔަސް ﷲ ތަޢާލާއާ ރަސޫލް ޞޢޥ އެންގެވި އެންމެ ކަމަކާވެސް ޚިލާފްވެގެން އާޚިރަތެއް ނުލިބޭނެ!

މުސްލިމުން 4 މަޛްހަބަކަށް އުޅޭ ވާހަކަ ދައްކާ ބައަކު އުޅެއެވެ. އެމީހުންނަށް ނުއެނގޭ ކަމަކީ 4 މަޛްހަބުގައިވެސް ޢަމަލުކުރަނީ ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ކަމެވެ. ދުސްތޫރަކީ ޤުރްއާންކަމެވެ. ޚިލާފްހުރީ ސުންނަތަށް ޢަމަލުކުރުމުގައިކަމެވެ. 

ޙަދީޘްފުޅުތަކުގައި ތަފާތު އެބަހުއްޓެވެ. އެއްކަމެއްގައި ޢަމަލުކުރެވިދާނެ ތަފާތު ގޮތްތައް އެނގެން އެބައޮތެވެ. ވީމާ އެއިން ކޮންމެ ގޮތަކަށް ޢަމަލުކުރިނަމަވެސް ޢަމަލުއެކުރެވެނީ ހަމަ ޙަދީޘްފުޅަށެވެ. އެކަންކަން ނުއެނގޭ ބައަކު މުސްލިމުން ބައިބައިކުރަން ދައްކާ ވާހަކަތަކުގައި ހުންނާނީ ކޮން ބުރަދަނެއް ހެއްޔެވެ؟ 

މިވާހަކަ ދައްކަންޖެހޭ ސަބަބު މިކިޔައިދެނީއެވެ. 

އިސްލާމް ދީނުގައި ވަނީ އެންމެ ފުރިހަމަ އުޞޫލުތަކާއި ހަމަތައް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަމުއެވެ. އެކަމަކުވެސް ދީނުގައި ބަޔާންވެގެންވާ ގޮތް ނޫން އެހެން ގޮތްތަކަށް އެބަ ޢަމަލުވެސް ކުރަމުއެވެ. ކާފިރުން ތަޢާރަފްކުރާ އައު ގޮތްތައް އެބަ ބަލައިގަންނަމުއެވެ. ދީނުގެ ކަންކަންވެސް އެބަ ބަދަލުކުރަމުއެވެ. ޤާނޫނުތައްވެސް ބަދަލުކުރަމުއެވެ. 

މިއަދު މިފެންނަނީ ކޮންމެވެސް ޖަމިއްޔާއަކުން ނުވަތަ ނުފޫޒުގަދަ ކޮންމެވެސް މީހަކު ބުނާއިރަށް ދީނުގެ ޙުކުމްތައް ކޮޅުކޮޅަށް ބަދަލުކުރަމުން ގެންދާ ތަނެވެ. ކޮންމެ ކަމެއް ކުރަންވީމާވެސް ކޮންމެވެސް ބަހަނާއެއް ދައްކައެވެ. އިސްލާމް ދީނުގެ ރިވެތި ސިފަތައް ދޫކޮށްލުވަން ބާރު އަޅަމުން ގެންދެވޭ ތަނެވެ. 

"ﷲ ތައާލާ އާއި ރަސޫލާ ގެ އެއްވެސް އަމުރުފުޅަކާ ފުށޫއަރާގޮތަށް ކުރެވޭ އެއްވެސް އަމުރަކަށް ކިޔަމަންތެރިވާކަށް ނުޖެހޭނެއެވެ. އަދި އެފަދަ އަމުރަކަށް ކިޔަމަންތެރިވުމަކީވެސް ފާފައެކެވެ. ސަލާމަތާއި ރައްކައުތެރިކަން އޮތީ ﷲ ތައާލާ އާއި ރަސޫލާ ގެ މަގަށް ރުޖޫޢަވެގެންނެވެ." 

ރަސޫލް (ޞޢވ) ޙަދީޘްފުޅުކުރެއްވެވިއެވެ. 

"ﷲ ގެދީނަށް އަލަށް ވެއްދޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގައެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން