ބޮޑެތި ކަންކަން ކުރަން ފަހަށް ބަހައްޓާފައި މިހާރުވެސް ކުރެވޭނެ ކުދި ހެޔޮޢަމަލުތައް ކުރަންފެށީމާ ބޮޑެތި ކަންކަމަށް މަގުފަހިކޮށްދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބޮޑެތި ކަންކަން ކުރަން ފަހަށް ބަހައްޓާފައި މިހާރުވެސް ކުރެވޭނެ ކުދި ހެޔޮޢަމަލުތައް ކުރަންފެށީމާ ބޮޑެތި ކަންކަމަށް މަގުފަހިކޮށްދެއްވަވާނެ! އިން ޝާ ﷲ

އަހުރެމެން ދުވަސް ފަށަނީ އެންމެ ކުރު ނަމާދުންނެވެ. އެންމެ 2 ރަކްއަތުން ކުރެވޭ ފަތިސްނަމާދުންނެވެ. އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ސުންނަތް ނަމާދު، ތަހައްޖުދް ނަމާދު އެންމެ 2 ރަކްއަތުންވެސް ކުރެވެން އެބައޮތެވެ. މިހުރީ  ވިސްނައިފި މީހަކަށް އަގުހުރި ފިލާވަޅުތަކެވެ.  

ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި އެންމެ ހެޔޮ ޢަމަލަކީ، އެ ޢަމަލަކީ ކިތަންމެ ކުޑަ ޢަމަލެއް ނަމަވެސް ޤަވާއިދުކޮށް ކުރެވޭ ޢަމަލެވެ. އެހެންކަމަށްވާއިރު ބޮޑެތި ކަންކަން ނޫނީ ނުކުރަން މިތިބެނީ ކީއްވެގެންހެއްޔެވެ؟  

ބުނަން ހެއްޔެވެ؟ ކޮންމެ ދުވަހަކުވެސް ފަށަނީ ކިތަންމެ މަދު މިންވަރަކުން ނަމަވެސް ޤުރްއާން ކިޔެވުމުން ކަމުގައި ނިކަން ހަދައިބަލާށެވެ. ކިތަންމެ މަދު ޢާޔަތްކޮޅެއް ނަމަވެސް ޤަވާޢިދުން ކިޔަވަން ފަށައިބަލާށެވެ.  

އިސާހިތަކު އެކަމަށް ހިތްޖެހި ސޫރަތްތައް ކިޔެވެން ފަށާނެއެވެ. ދުވާލަކު ފޮތެއްވެސް ކިޔެވެން ފަށާނެއެވެ. ނުކިޔެވޭނަމަ ހިތަށް ހަމަޖެހުން ނުލިބޭ ހިސާބަށް ހިތް ކުރިއަރައިގެންދާނެއެވެ. އިން ޝާ ﷲ  

މީސްތަކުންނޭވެ! ބޮޑެތި ހެޔޮ ޢަމަލުތަކުން ފަށަން މަޑުނުކުރާށެވެ! ކިތަންމެ ކުޑަ ނަމަވެސް ހެޔޮ ޢަމަލެއް ކުރަން އާދަކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބިއްޖެނަމަ ބޮޑެތި ހެޔޮ ޢަމަލުތައްކުރަން މަގުފަހިވެގެންދާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން