ދަރިންނަށްވެސް އަދި ތިމާ ހެޔޮއެދޭ އެންމެންނަށްވެސް ދިރިއުޅުމާއިމެދު ދޭން އެންމެ އަގުހުރި ނަޞީޙަތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ދަރިންނަށްވެސް އަދި ތިމާ ހެޔޮއެދޭ އެންމެންނަށްވެސް ދިރިއުޅުމާއިމެދު ދޭން އެންމެ އަގުހުރި ނަޞީޙަތް!

އަޅުގަނޑުގެ ދަރިފުޅަކީ ކުޑަކުއްޖެއް ނޫނެވެ. 30 އަހަރުގެ އަންހެން ދަރިއެކެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ ކުއްލިއަކަށް އެހެން އަންހެނަކާއި ކައިވެނިކުރުމުން ލިބުނު ހިތާމައިން އަރައިނުގަނެވިގެންއުޅޭތާ 3 މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

އަޅުގަނޑުގެ ދަރިފުޅު ފަދައިން ކަންކަން ކުރިމަތިވާ ކުދިންނަށް ފައިދާކުރާނީ ކޮން ގޮތަކަށް ވިސްނައިދީގެންތޯ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ދަރިފުޅުކުށްވެރިނުކުރާށެވެ! ހިތްވަރުނެތީ ކަމަށްވެސް ނުބުނާށެވެ! ނަމަވެސް އިތުރަށް ހިތްވަރުކުރަން ހިތްވަރުދޭށެވެ! ކުރައްވާފައި އޮތް ސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

އަހުރެންގެ ދަރިންނަށް ކުރާ ވަޞިއްޔަތެއް ބުނަން ހެއްޔެވެ؟ އެއީ އެއްވެސް މީހަކު ދެކެވެސް އެއްވެސް އެއްޗެއް ދެކެވެސް އެއެއްޗެއް ދަރިފުޅަށް ގެއްލިއްޖެނަމަ ހިތާމަކުރަންޖެހޭ މިންވަރަށް ލޯބިނުވުމަށެވެ. މިބަހުގައި އެއްވެސް އެއްވެސް މީހެއް، އެއްވެސް އެއްޗެއް އިސްތިސްނާއެއް ނުކުރަމެވެ. 

އަހުރެމްނެ ކޮންމެ މީހަކުވެސް ލޯބިވާ އެއްޗެއްސާއި މީހުންނާއި ކަންކަންވެސް ހުންނާނެއެވެ. ނަމަވެސް ލޯބިވުން ބަހައްޓަންވާނީ މިމިނުންނެވެ. އެހެން ނޫންނަމަ ހިތާމަކުރަންޖެހޭނެއެވެ. 

ދުނިޔޭގައި ގެއްލޭނީ ހަމައެކަނި ޙަޔާތުގެ ބައިރިންނެއް ނޫނެވެ. ދަރިންވެސް އަދި ލޯބިވާ އެހެން މީހުންވެސް ގެއްލޭނެއެވެ. ވަކިވާންޖެހޭނެއެވެ. އެއްގޮތަކީ މަރުވުމެވެ. އަނެއް ގޮތަކީ ތިބާ ދޫކޮށްލާފައި ވަކިވެގެންދިއުމެވެ. 

އަހުރެންގެ ވަޞިއްޔަތަކީ އަހުރެން ފަދައިން ތިއަ ބެލެނިވެރިން، މައިންބަފައިންވެސް މިފަދައިން ދަރިންނަށް ނަޞޭޙަތްދިނުމެވެ. ދުނިޔޭގެ ނިޒާމުގެ ތެރެއިން ހިނގަމުންދާ ހުރިހާ ކަންކަން ހަމަ އަހުރެމެންގެ ދަރިންނަށްވެސް ކުރިމަތިވާނެއެވެ. މަރުވާނެއެވެ. އެންމެ ލޯބިވާ ބައިވެރިޔާ ވަކިވެގެންވެސް ދާނެއެވެ. އެއީ އެކަކަށްވެސް ހުއްޓުވޭނެ ކަންކަމެއް ނޫނެވެ. 

ވީމާ އަހުރެމެންނަށް އޮތީ އެކަންކަމަށް އަހުރެމެން ހޭލުންތެރިވެ ތިބެ އަދި އަހުރެމެންގެ ދަރިންވެސް ހޭލުންތެރިކުރުވަން މަސައްކަތްކުރުމެވެ. އެކަމަށް މަސައްކަތްކުރަމުން އެކަން ހިންމަވައި ދެއްވެވުން އެދިގެން ދުޢާވެސްކުރަންވާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން