ތިބާމިމަގުން ތަޤްވާވެރިވެއްޖެނަމަ ދުނިޔެއާ އާޚިރަތުގަވެސް ﷲ ތަޢާލާގެ ނިޢުމަތްތައް ހުންނާނީ ލިބިލިބި! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ތިބާމިމަގުން ތަޤްވާވެރިވެއްޖެނަމަ ދުނިޔެއާ އާޚިރަތުގަވެސް ﷲ ތަޢާލާގެ ނިޢުމަތްތައް ހުންނާނީ ލިބިލިބި! އިން ޝާ ﷲ

ތިބާވީ ކޮންމެ ޙާލެއްގައިވެސް ﷲ ތަޢާލާއަށް ތަޤްވާވެރިވާށޭ ބުނެވޭ ބަހުގެ މާނަ އެކި ގޮތަށް ޢިލްމުވެރިން ސިފަކުރައްވައެވެ. އެއިގެ ތެރެއިން އަހުރެން ސިފަކުރާ އެއްގޮތަކީ ﷲ ތަޢާލާ އާއި ﷲ ތަޢާލާގެ އަޅާ ޢާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިކުރުމެވެ. އެގުޅުން އެންމެ ފުރިހަމަ ގޮތުގައި ބޭއްވުމެވެ. 

ބުނަންހެއްޔެވެ؟ އަހުރެމެން ކޮންމެ މުސްލިމަކުވެސް ކޮންމެ ދުވަހަކު އެތައް ފަހަރަކު ސަޖްދަ ކުރަމުއެވެ. ހަމައެކަނި ﷲ ތަޢާލާއަށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށެވެ. މުސްލިމަކު ﷲ ތަޢާލާ ނޫން އެހެން އެއްވެސް ފަރާތަކަށް ސަޖްދައެއް ނުކުރާނެއެވެ. އެއީ ކިތަންމެ ބޮޑުވެރިއެއް އަދި ކިތަންމެ ތަނަވަސް މީހެއް އަދި އެމީހަކު ދެކެ ތިމާ ކިތަންމެ ބޮޑަށް ލޯބިވާ މީހަކު ނަމަވެސްމެއެވެ. 

އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާއަށް ސަޖިދަކުރާނީ ކުރާހިތުންނެވެ. ވަރަށް ލޯބިންނެވެ. ވަރަށް ކިޔަމަންތެރިކަމާއިއެކުގައެވެ. އެހެނީ ތަޤްވާވެރިޔާގެ ހޮިތް ފުރެމުންދާނީ ﷲ ތަޢާލާއަށް ސަޖްދަކުރުން ގިނަކުރެވުނު ވަރަކުންނެވެ. 

ވަރަށް ކުރުގޮތަކަށް މިބުނެލީ ތިބާވީ ކޮންމެ ޙާލެއްގައިވެސް ﷲ ތަޢާލާއަށް ތަޤްވާވެރިވާށޭ ބުނެވޭ ބަހުގެ މާނައެވެ. ﷲ ތަޢާލާއަށް ތަޤްވާވެރިވާ މީހާ ޢަމަލުކުރާނެ ގޮތެވެ. އަދި އޭނާ އެންމެ ބޮޑަށް ކުރަން ބޭނުންވާނެ ކަންތަކެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިބަޔާންކުރިމަގުން ﷲ ތަޢާލާއަށް ތަޤްވާވެރިވާ މީހާއަށް އަބަދުވެސް ދާނީ ﷲ ތަޢާލާގެ ރަޙްމަތް އޮހެމުންނެވެ. އެހެނީ އެކަމުގައި އޮންނަނީ ދެގޮތެކެވެ. އަހުރެމެން ކުރަންޖެހޭ ކަމަކީ ތަޤްވާވެރިވެ ކިޔަމަންތެރިވުމެވެ. ބަދަލުގައި ﷲ ތަޢާލާ މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން