ފަރުޟް ނަމާދުތަކާއިމެދު މިކަންކަމަށް ވިސްނާ މީހަކުވެސް ނަމާދުތަކަށް ރައްކައުތެރިވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ފަރުޟް ނަމާދުތަކާއިމެދު މިކަންކަމަށް ވިސްނާ މީހަކުވެސް ނަމާދުތަކަށް ރައްކައުތެރިވާނެ! އިން ޝާ ﷲ

ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާ އެންމެ 5 ނަމާދު ފަރުޟު ކުރައްވަވައި އެނަމާދުތައް ޚާއްޞަގޮތަކަށް ތަރުތީބު ކުރައްވަވައި، ވަޤުތާއި ރަކްޢަތްތައް ތަފާތު ކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟  

މިސުވާލަށް ތިއަބައިމީހުންދޭނެ ޖަވާބެއް ނުއެނގެއެވެ. ނަމަވެސް އަހުރެންގެ ޖަވާބު ބުނެލާނަމެވެ. އެއީ މީސްތަކުންނަކީ އަޚްލާޤީ ގޮތުން ރަނގަޅު ބައަކު ކަމުގައި ލެއްވެވުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރި އަޅުންގެ ގޮތުގައި ލެއްވެވުމެވެ.  

ދެން ކުރެވޭނެ ސުވާލަކީ ނަމާދުން ލިބިދޭ އަޚްލާޤަކީ ކޮބައިހެއްޔެވެ؟ ޖަވާބަކީ އިންސާނެއްގެ ކިބައިގައި ހުންނަން ޖެހޭނެ ހުރިހާ ރަނގަޅު ސިފަތަކެވެ. އެއިގެ ތެރެއިންވެސް އެންމެ ފުރަތަމަ. އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ސިފައަކީ ކޮންމެ ގޮތަކުންނަމަވެސް ފަތިހު ހޭލައި ފަތިސްނަމާދުކުރުމެވެ.  

އެކަން އެމީހާގެ ކިބައިގައި އަށަގަންނުވައިފި މީހަކު ރިވެތި އަޚުލާޤުން ޒީނަތްތެރި ކުރައްވަޥާނެތެވެ. އަދި އެމީހާގެ ބޭނުންތައް ދުނިޔޭގައިވެސް ފުއްދަވައި ދެއްވަވާނެތެވެ. އެހެނީ ދުވަހުގެ ރައްކައުތެރިކަމާއި ކާމިޔާބީ ގުޅިފައިވަނީ ފަތިސްނަމާދާއިއެވެ.

 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން