މެލޭޝިއާގެ ބެސްޓިނެޓް ކުންފުނިން ޝަރީއަތަށް ގޮސްފިނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ: ބަންޑާރަނައިބު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
މެލޭޝިއާގެ ބެސްޓިނެޓް ކުންފުނިން ޝަރީއަތަށް ގޮސްފިނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ: ބަންޑާރަނައިބު

ބިދޭސީންގެ ކަންކަން ބެލެހެއްޓުން މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏަށް ހަވާލުކުރި މައްސަލައިގައި، ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމުގެ ކަންކަން މިދިޔަ ސަރުކާރުން އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކުރީ އެކުންފުންޏަށް ނާންގާ ކަމަށާއި، އެކުންފުނިން ޝަރީއަތަށް ގޮސްފިނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ، 2016 ވަނަ އަހަރު ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން އެންމެ ފުރަތަމަ ބަންޑާރަނައިބުގެ އޮފީހަށް ސިޓީއެއް ލިޔެފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.

ޑރ. ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، ދިވެހިން ގެންގުޅެމުން އައި އެކްސްޕެޓް ސިސްޓަމް ދޫކޮށްލައި، ބިދޭސީންގެ ކަންކަން ބެލެހެއްޓުން 15 އަހަރުގެ މުއްދަތަށް ބެސްޓިނެޓާ ހަވާލުކުރުމުން ދައުލަތަށް އަހަރަކު 450 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިދާނެއެވެ. އަދި މިއީ އެ ކުންފުންޏަށް 13.7 މިލިއަން ޑޮލަރުގެ ބަދަލެއް ދޭންޖެހިދާނެތީ އަމަލުކުރަން ނިންމި ކޮންޓްރެކްޓެއްކަން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެފައިވާ ކަމަށްވެސް ޝަމްހީދު ފާހަގަކުރެއްވިއެވެ.

ބަންޑާރަނައިބު އުޝާމް ވިދާޅުވި ގޮތުގައި، އިމިގްރޭޝަނުން އޭޖީ އޮފީހަށް ފޮނުވި ސިޓީގައި ވަނީ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކުރުމާ ގުޅިގެން ބެސްޓިނެޓްގެ އެއްބަސްވުން ތަންފީޒު ކުރުމުގައި ދަތިތަކެއް ދިމާވެފައިވާތީ، ދައުލަތުން މާލީ ބުރައެއް އުފުލަންޖެހިދާނެތީ އަމަލުކުރާނެ ގޮތުގެ ލަފައަކަށް އެދިފައެވެ.

އޭޖީ އޮފީހުން 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިމިގްރޭޝަނަށް ފޮނުވި ސިޓީގައި ވަނީ، އެއްބަސްވުން ކުރިއަށް ނުގެންދެވޭނަމަ، އެކަމާމެދު ގޮތެއް ނިންމުމަށް ރައީސް އޮފީހަށް ހުށަހެޅުމަށާއި، އެއްބަސްވުން ކުރިއަށް ގެންދަން ބޭނުންވާނަމަ އިސްލާހުކޮށްގެން ކުރިއަށް ގެންދިއުމަށް ލަފާދެއްވާފައެވެ. އަދި އެއްބަސްވުން ކުރިއަށް ގެންދަން ބޭނުން ނުވާނަމަ، ސަރުކާރުގެ މައްޗަށް އޮތް އިލްތިޒާމްތައް ދެނެގަތުމަށް ޕަރފޯމަންސް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށްވެސް ލަފާދެއްވާފައިވެއެވެ.

މިއަދު އޮންލައިން