ގަސްގަހާގެހިން ލިބޭ އުފެއްދުންތަކުގެ ހަގީގީ މަންފާ ޞިއްޙަތަށް ލިބޭނީ، ރައްކައުތެރި ދަނޑުވެރި ނިޒާމެއް ޤާއިމު ކުރެވިގެން: ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ގަސްގަހާގެހިން ލިބޭ އުފެއްދުންތަކުގެ ހަގީގީ މަންފާ ޞިއްޙަތަށް ލިބޭނީ، ރައްކައުތެރި ދަނޑުވެރި ނިޒާމެއް ޤާއިމު ކުރެވިގެން: ސާޖިދާ

ގަސްގަހާގެހިން ލިބޭ އުފެއްދުންތަކުގެ ހަގީގީ މަންފާ ޞިއްޙަތަށް ލިބޭނީ، ރައްކައުތެރި ދަނޑުވެރި ނިޒާމެއް ޤާއިމު ކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރެވޭ ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސާޖިދާ ވިދާޅުވެފައިވަނީ، ދިވެހި ބިންތަކުގައި، ޞިއްޙަތަށް އެންމެ ފައިދާހުރި ކާނާ ހޯދޭ ގޮތަށް ދަނޑުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ އަގު ޝުކުރުވެރިކަމާއެކު ވަޒަން ކުރައްވާ ކަމަށެވެ.

އަދި މި ޞިނާޢަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ތަހުނިޔާ ދަންނަވާފައިވާއިރު، ރައްކައުތެރިކަން ކަށަވަރު ކުރެވިފައިވާ ދަނޑުވެރި ނިޒާމެއް ޤާއިމު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހަކީ ރާއްޖޭގައި ދަނޑުވެރިންގެ ދުވަސް ކަމުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ ރަނގަޅު ކާނާއާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ކުރިއެރުންތަކެއް ހޯދައިދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރައްކާތެރި ކާނާ އުފެއްދުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެމުން ގެންދެއެވެ.

މިއަދު އޮންލައިން