ސިނގިރޭޓު ކޮންޓޭނަރުގެ މައްސަލާގަ ހިމެނޭ މުޢާޒު ޢަލީ މިފްކޯގެ ވަޒީފާއިން ސަސްޕެންޑްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ސިނގިރޭޓު ކޮންޓޭނަރުގެ މައްސަލާގަ ހިމެނޭ މުޢާޒު ޢަލީ މިފްކޯގެ ވަޒީފާއިން ސަސްޕެންޑްކޮށްފި

ސިނގިރޭޓު ކޮންޓޭނަރުގެ މައްސަލާގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި ހިމެނޭ މިފްކޯގެ ޖެނެރަލް މެނޭޖަރު މުޢާޒު ޢަލީ، 30 ދުވަހުގެ މުއްދަތަށް ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.

މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މުޢާޒުގެ މައްސަލަ ތަޙުޤީޤީ އިދާރާތަކުން ބަލަމުންދާއިރު، އެކުންފުނިން އިދާރީ ގޮތުން ވެސް މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ފާހަގަކޮށްފައިވެއެވެ.

މުޢާޒު ސަސްޕެންޑް ކުރުމާ ގުޅިގެން، އެކުންފުނީގެ މަސައްކަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށް މިފްކޯއިން ބުނެފައިވެއެވެ. އެގޮތުން، މުޢާޒުގެ ދަށުން ހިނގަމުންދިޔަ މަސައްކަތްތައް އެހެން މުވައްޒަފުންނާ މިހާރު ވަނީ ހަވާލުކޮށްފައެވެ.

މިފްކޯއިން ވިދާޅުވެފައިވަނީ "އެކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި ކޮންމެ މައްސަލައެއްވެސް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާނެ" ކަމަށެވެ.

އަދި ރާއްޖޭގެ ޤާނޫނުތަކާއި، ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައިވެސް އަޅަމުންދާނެކަމަށް އެކުންފުނިން ކަށަވަރުކޮށްދީފައިވެއެވެ.

މިއަދު އޮންލައިން