ކަސްޓަމްސްއިން ތަހުގީގު ކުރަމުންދާ ސިނގިރޭޓު ކޮންޓޭނަރު ގެއްލުމުގެ މައްސަލައިގައި، އެ އިދާރާގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާޢީލް މިއަދުން ފެށިގެން ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.
މި މައްސަލައާ ގުޅޭގޮތުން ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.
ސިނގިރޭޓު ކޮންޓޭނަރު ގެއްލުމުގެ މައްސަލައަކީ ފާއިތުވި ދުވަސްތަކުގައި ގިނަ ފަރާތްތަކުގެ ސަމާލުކަން ލިބިފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ސަސްޕެންޑް ކުރެވިފައިވުމާއެކު، މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.
މިމައްސަލައިގެ ތަހުގީގު ނިމުމުން އިތުރު ތަފްސީލު ހާމަކުރާނެ ކަމަށްވެސް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ.