ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް މަޝްވަރާކޮށްފި

ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށްޓަކައި އުރީދޫ ގްރޫޕްގެ ސީއީއޯ އަޒީޒް އަހްލޫތްމެން ފަޚްރޫއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު މަޝްވަރާކުރައްވައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް އުރީދޫއާ ގުޅިގެން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން "މުހިއްމު މަޝްވަރާތަކެއް ކުރެވުނު" ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޚާއްޞަ އިސްކަމެއް ދެވުނީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ރާއްޖޭގައި ތަރައްޤީކުރުމުގެ މަސައްކަތްތަކަށެވެ.

އުރީދޫއިން މިހާރު ދަނީ ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންނެވެ. މި ޚިދުމަތް ތަޢާރަފުވުމުން ރާއްޖޭގެ އޮންލައިން ޕޭމަންޓް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަކީ ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގެ މުހިއްމު ބައެއްކަމަށްވާއިރު، މި ދާއިރާ ކުރިއެރުވުމަށް އަމިއްލަ ފަރާތްތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން